ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ފަނޑިޔާރު ކަމުގެ ވަޒީފާގެ ފުރުޞަތު

ފަނޑިޔާރު ކަމުގެ ވަޒީފާގެ ފުރުޞަތު

 (IUL)195-C/1/2017/8 :ނަންބަރު

ތާރީޚް: 18 މެއި 2017

މި ކޮމިޝަނުގެ ނަންބަރު: (IUL)195-C/1/2017/1 (18 އޭޕްރީލް 2017) އިޢުލާނުން އިޢުލާން ކޮށްފައިވާ  މެޖިސްޓްރޭޓް ކޯޓްތަކުގެ އިސް މެޖިސްޓްރޭޓް އަދި މެޖިސްޓްރޭޓް މަގާމްތަކަށް އިތުރު ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ދިނުމުގެ ގޮތުން މެޖިސްޓްރޭޓްކަމަށް ކުރިމަތިލުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލަމެވެ. އަދި ކުރިން ދެންނެވި އިޢުލާނާ ގުޅިގެން ފަނޑިޔާރުކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ފޯމު ހުށަހަޅަން ނުޖެހޭނެ ވާހަކަވެސް ދަންނަވަމެވެ.

މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވެ ފަނޑިޔާރުކަމަށް އައްޔަންކުރަން ކޮމިޝަނުން ކަނޑައަޅާ ފަރާތްތައް އައްޔަންކުރާނީ ތިރީގައިވާ މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން މި ކޮމިޝަނުން ކަނޑައަޅާ މެޖިސްޓްރޭޓް ކޯޓަކަށެވެ.

ބޭނުންވާ ޢަދަދު

ބޭނުންވާ މަޤާމު

ބޭނުންވާ މެޖިސްޓްރޭޓްކޯޓް

1

މެޖިސްޓްރޭޓް

ހއ. ހޯރަފުށި މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ހއ. ކެލާ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ހއ. މާރަންދޫ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ހއ. ތަކަންދޫ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ހދ. ކުރިނބީ މެޖިސްޓްރޭޓް  ކޯޓް

1

މެޖިސްޓްރޭޓް

ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް  ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ހދ. ނޭކުރެންދޫ މެޖިސްޓްރޭޓް  ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ހދ. މަކުނުދޫ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ށ. ކަނޑިތީމު މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ށ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ށ. ބިލެތްފަހި މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ށ. ފޯކައިދޫ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ށ. ނަރުދޫ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ށ. ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ށ. މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ނ. މާޅެންދޫ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ނ. ލަންދޫ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ނ. މާފަރު މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓް

1

މެޖިސްޓްރޭޓް

ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

އއ. ފެރިދޫ މެޖިސްޓްރޭޓް  ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

އދ. ދަނގެތީ މެޖިސްޓްރޭޓް  ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

އދ. ފެންފުށީ މެޖިސްޓްރޭޓް  ކޯޓް

1

މެޖިސްޓްރޭޓް

މ. މުލީ މެޖިސްޓްރޭޓް  ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ފ. ފީއަލީ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ދ. ހުޅުދެލި މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ތ. ވިލުފުށީ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ތ. ގާދިއްފުށި މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ތ. ތިމަރަފުށި މެޖިސްޓްރޭޓް  ކޯޓް

1

މެޖިސްޓްރޭޓް

ތ. ތިމަރަފުށި މެޖިސްޓްރޭޓް  ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ތ. ކިނބިދޫ މެޖިސްޓްރޭޓް  ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ލ. މާމެންދޫ މެޖިސްޓްރޭޓް  ކޯޓް

1

މެޖިސްޓްރޭޓް

ގއ. ދާންދޫ މެޖިސްޓްރޭޓް  ކޯޓް

1

މެޖިސްޓްރޭޓް

ލ. ގަމު މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ގއ. ދެއްވަދޫ މެޖިސްޓްރޭޓް ކޯޓް

1

މެޖިސްޓްރޭޓް

ގދ. ގައްދޫ މެޖިސްޓްރޭޓް  ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓް

2

މެޖިސްޓްރޭޓް

ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް

1

މެޖިސްޓްރޭޓް

ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓް

މުސާރައާއި ޢިނާޔަތް

 

މެޖިސްޓްރޭޓް

ކޯޓް އިސްމެޖިސްޓްރޭޓް

އަސާސީ މުސާރަ

18,850 ރުފިޔާ

21,000 ރުފިޔާ

ލިވިންގ އެލަވަންސް

4,000 ރުފިޔާ

4,000 ރުފިޔާ

ރިސްކް އެލަވަންސް

600 ރުފިޔާ

600 ރުފިޔާ

މެޑިކަލް އިންޝުއަރެންސް

ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގައިވާ ގޮތުގެމަތިން  ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.

އަޚްލާޤާއި ސުލޫކު

  1. މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން؛
  2. ބުއްދިހަމައަށް ހުރި މީހަކު ކަމުގައިވުން؛
  3. ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން؛
  4. ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން؛
  5. އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
  6. ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ޙުކުމްކުރެވި އެ ޙުކުމް ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ތަންފީޛުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުން؛
  7. އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާއެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައިވުން.

ޢުމުރު

ޢުމުރުން ފަންސަވީސް އަހަރު ފުރިފައިވުން

ތަޢުލީމާއި ތަޖުރިބާ

އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު؛ ނުވަތަ ޤާނޫނާއި ޝަރީޢަތުގެ ރޮނގުން ދަށްވެގެން ޑިޕްލޮމާ ޙާޞިލުކޮށްފައިވުމާއެކު ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި ނުވަތަ ޝަރުޢީ ކޯޓެއްގެ ލީގަލް މަޤާމެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން؛

ފަނޑިޔާރުކަމުގެ ވަޒީފާއަށް އެދި ހުށަހަޅާފޯމާއެކު

ހުށަހަޅަންޖެހޭ ތަކެތި

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ލޯ ފާމަކުން ތައްގަނޑުޖަހާފައިވާ އަސްލު)
  2. ވަނަވަރު.
  3. ވަނަވަރުގައި ޤާނޫނީ މަސައްކަތް ކުރަންޖެހޭ ވަޒީފާއެއް އަދާކޮށްފައިވާކަމަށް ބަޔާންކޮށްފައިވާނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާ އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭ ސަޕޯޓިންގ ޑޮކިއުމަންޓް.
  4. ޝަރުޢީ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދައިގެ ކޮޕީ.
  5. ޤާނޫނީ ވަކީލެއްގެ ގޮތުގައި  ކޯޓުތަކުގައި ވަކާލާތުކޮށްފައިވާކަން ނުވަތަ ކުރަމުންދާކަން އެނގޭނެ  ކޯޓުގެ ރަސްމީ ލިޔުމެއް (މި ލިޔުމުގައި އެ ކޯޓެއްގައި އެމީހަކު ޕްރެކްޓިސް ކޮށްފައިވާ މުއްދަތު އެނގެން އޮންނަންވާނެއެވެ.) ނުވަތަ؛
  6. ދައުލަތުގެ އެއްވެސް މުއައްސަސާއެއްގައި ލީގަލް މަޤާމެއްގައި މަސައްކަތްކޮށްފައިވާނަމަ، މަސައްކަތްކޮށްފައިވާ މުއްދަތާއި އަދި  ކުރި މަސައްކަތުގެ ތަފްސީލް އެނގޭނޭ ގޮތަށް އެ މުއައްސަސާއަކުން ދީފައިވާ ރަސްމީ ލިޔުމެއް ނުވަތަ؛
  7. ރަޖިސްޓްރީކޮށްފައިވާ ލޯ ފާމެއްގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާނަމަ، މަސައްކަތްކޮށްފައިވާ މުއްދަތާއި އަދި އެ މަސައްކަތުގެ ތަފްސީލް އެނގޭނޭ ގޮތަށް އެ ލޯ ފާމަކުން ދީފައިވާ ރަސްމީ ލިޔުމެއް.
  8. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.
  9. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  10. ފަނޑިޔާރުކަމުގެ ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ކުށުގެ ރެކޯޑް ނެތްކަމުގެ އިގްރާރު.
  11. ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑް ފޯމް.
  12. ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތަކީ ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނޫންކަން އެނގޭނޭ، އިލެކްޝަންސް ކޮމިޝަންގެ ލިޔުން.
  13. ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި ތަޢުލީމު ޙާސިލްކުރުމުގެ ސަބަބުން ނުވަތަ އެނޫންވެސް ގޮތަކުން ދައުލަތުގެ ނުވަތަ އަމިއްލަ އެއްވެސް އިދާރާއަކާއިއެކު ވަކި މުއްދަތަކަށް ޚިދުމަތް ކުރުމުގެ ބޮންޑެއްވާނަމަ ބޮންޑުން ދޫކުރާނެ ކަމުގެ ލިޔުން.

ސުންގަޑި

2017 ޖޫން 15 ވަނަ ދުވަހުގެ 12:00 ގެ ކުރިން، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް (ތީމުގެ، އާބުރުޒުހިނގުން) ހުށަހަޅަންވާނެއެވެ.

ގަވާއިދު

މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު މި ކޮމިޝަންގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އިތުރުމަޢުލޫމާތު

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް މިއިޢުލާނުގައި ބަޔާންކޮށްފައިވާ ތަކެތި އިޢުލާނުގައި ބުނެފައިވާގޮތަށް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ފޯމް ބަލައިނުގަނެވޭނެއެވެ.

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ. ފެކްސް ނަންބަރަކީ 3303504 އެވެ.  ވަޒީފާއަށް އެދޭ ފޯމާއި އިގްރާރު ފޯމް www.jsc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ކޮމިޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

18 މޭ 2017
ހޯދާ