ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ ކުނިކަހާ ފޮޅާސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަންކުރެވުނު ނަންބަރު 60-އޭޑީއެމް/116/2017 އިޢުލާނާ ގުޅޭ

 

އިޢުލާން

އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ ކުނިކަހާ ފޮޅާސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަންކުރެވުނު ނަންބަރު 60-އޭޑީއެމް/116/2017 އިޢުލާނާ ގުޅޭ

އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ 02 މަސް ދުވަހުގެ މުއްދަތަށް ކުނިކަހާ ފޮޅާސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު އިޢުލާން 60-އޭޑީއެމް/116/2017 އިސްލާހުކޮށް ތިރީގައިވާ ގޮތަށް އިޢުލާން ކުރަމެވެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތުގެ މުއްދަތު: 02 މަސްދުވަސް 02 އަހަރަށް ބަދަލުކުރުން

މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ

ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2017 މޭ 24 ވަނަ ދުވަހުގެ 1000 ގެ ކުރިން އެސް.ޓީ.އޯ ހެޑް އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2017 މޭ 24 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

މަޢުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2017 މޭ 25 ވަނަ ދުވަހުގެ 0900 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހެޑް އޮފީހުގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2017 މޭ 28 ވަނަ ދުވަހުގެ 0900  ގެ ކުރިން އީމެއިލް   މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2017 މޭ 28 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2017 މޭ 30 ވަނަ ދުވަހުގެ 0900 ގައި  އެސް.ޓީ.އޯ ހެޑް އޮފީހުގައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު: 3344197, 3344196

ފެކުސް:  3344633

އީމެއިލް: [email protected]

18 މޭ 2017

18 މޭ 2017
ހޯދާ