މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
1438 ވަނަ ރަމަޝާން މަހުގައި ބައެއް މަގުތަކައް ބަދަލު ގެނައުމާއި ބެހޭ

 

                                                   ނަންބަރު   :  50(IUL)202-L/1/2017/ 

 

                                   އިޢުލާން

               ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން 1438ވަނަ އަހަރުގެ ރަމަޟާން މަހަށް ތައްޔާރު ވުމުގެ ގޮތުން މާލޭގެ ބައެއް މަގުތައް އަންނަނިވި ބަދަލުތައް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

-          ކަނބާއައިސާރަނި ހިނގުން، ތާޖުއްދީން ހިނގުމުންބޮޑުތަކުރުފާނު މަގާހަމައަށް (ވެސްޓްޕާކާ ހަމައަށް) 2 ކޮޅަށް ދުއްވޭ ގޮތަށް ހަމަޖެއްސުން.

 

          މީގެ އިތުރުންވެސް ކާރޫ ބާރޫ ބޮޑުވާ ސަރަހައްދުތަކުގެ  ޓްރެފިކް ބެލެހެއްޓެވުމަށް  ޓްރެފިކް ފުލުހުން

 ތިއްބަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެހެން ކަމުން އުޅަނދު ދުއްވާ ފަރާތްތަކުން ޓްރެފިކް ފުލުހުން ދެއްވާ އިރުޝާދާ އެއްގޮތަށް ޢަމަލު ކުރެއްވުމަށްވެސް ދެންނެވީމެވެ.

 

               މިއާ ޚިލާފަށް އަމަލު ކުރާ ފަރާތްތައް އެއްގަމުދަތުރުފަތުރުގެ ޤާނޫނުގެ ދަށުން -/750(ހަތްސަތޭކަ ފަންސާސް)ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަންވެސް އާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

                 

               ވީމާ، މިކަން އާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

               19 ޝައްބާން 1438

               15 މޭ  2017

 

 

 

- ދިވެހި ސަރުކާރުގެ ގެޒެޓް

18 މޭ 2017
ހޯދާ