ދިވެހިރާއްޖެ
ނަންބަރު: IUL)196-C/1/2017/28)
އިޢުލާން
މިއޮފީހުގެ އައްޑޫ ގޮފި ހިންގަމުންގެންދާ ޢިމާރާތް މަރާމާތު ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު މިއޮފީހުގެ ނަންބަރު: IUL)196-C/1/2017/26) އިޢުލާނާއި ގުޅިގެން ހުށަހެޅި އަންދާސީ ހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަ ނުވާތީ އެއިޢުލާން ބާޠިލްކޮށް، އަލުން އިޢުލާން ކުރީމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2017 މޭ 24 ވާ ބުދަ ދުވަހުގެ ހެނދުނު 11:30 އަށް މިއޮފީހުގެ އައްޑޫ ގޮތްޕަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 މޭ 31 ވާ ބުދަ ދުވަހުގެ ހެނދުނު 11:30 އަށް އަންދާސީ ހިސާބު، މިއޮފީހުގެ އައްޑޫ ގޮތްޕަށް ހުށަހެޅުއްވުން އެދެމެވެ.
މިއޮފީހުގެ އައްޑޫ ގޮފި ހިނގަމުންދަނީ ރީތިފެހިގެ (އެޅެދީދީމަގު/ އައްޑޫ ސިޓީ ހިތަދޫ) ޢިމާރާތުގެ ތެރޭގައެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތުދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް މިއޮފީހުގެ ނަންބަރު 6888745 / 3003291 ގުޅުވުންއެދެމެވެ.
21 ޝަޢުބާން 1438