މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮކުރުމާއެކު ކޮންޓްރޯލް އަގަށް ބަދަލުގެނައުން

(IUL)101-FT/1/2017/89 :ނަންބަރު

އިޢުލާން

ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮކުރުމާއެކު ކޮންޓްރޯލް އަގަށް ބަދަލުގެނައުން

            23 އެޕްރީލް 2017 އިން ފެށިގެން އެސް.ޓީ.އޯ އިން ވިއްކާ ކާޑުގެ ބާވަތްތަކުގެ އަގަށް ގެންނެވި ބަދަލާގުޅިގެން، ކާޑުގެ ބާވަތްތަކުގެ ކޮންޓްރޯލް އަގަށް 17 މެއި 2017 އިންފެށިގެން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ބަދަލު ގެނެސްފީމެވެ.

ޒޯން ގައި ހިމެނޭ އަތޮޅުތައް

އާދައިގެ ހަނޑޫ ކިލޯއެއް ވިއްކޭނެ ކޮންޓްރޯލް އަގު

ހަކުރު ކިލޯއެއް ވިއްކޭނެ ކޮންޓްރޯލް އަގު

އާދައިގެ ގޮދަން ފުށް ކިލޯއެއް ވިއްކޭނެ ކޮންޓްރޯލް އަގު

ޒޯން 1: ހއ،ހދ،ށ

7.78 ރުފިޔާ

7.82 ރުފިޔާ

6.28 ރުފިޔާ

ޒޯން 2: ނ،ރ،ބ،ޅ،ކ،އއ،އދ،ވ،މ،ފ،ދ،ތ

7.58 ރުފިޔާ

7.62 ރުފިޔާ

6.08 ރުފިޔާ

ޒޯން 3: ލ، ގއ، ގދ، ޏ، ސ

7.97 ރުފިޔާ

8.01 ރުފިޔާ

6.47 ރުފިޔާ

 

ޒޯންތަކަށް ކޮންޓްރޯލް އަގު ކަނޑައަޅާފައިއެވަނީ މަޖޫރީ، ނާލު އަދި އެހެނިހެން ހަރަދުތައް ހިމަނައިގެންނެވެ.

 

ވީމާ، މި އިޢުލާނުގައި ބަޔާންކޮށްފައިވާ ޒޯނުތަކުގައި ހިމެނޭ ރަށްތަކުގައި ކާޑުގެ ބާވަތްތައް ވިއްކަންވާނީ މަތީގައި ދެންނެވިފައިވާ ކޮންޓްރޯލް އަގަށްވުރެ ބޮޑުނުވާގޮތެއްގެމަތިންނެވެ. ކޮންޓްރޯލް އަގަށްވުރެ ބޮޑުއަގުގައި ކާޑުގެ ބާވަތްތައް ވިއްކުމަކީ މަނާ ކަމެކެވެ.

 

އަދި މިފުރުސަތުގައި ދަންނަވަމެވެ. އެސް.ޓީ.އޯ އިން ކާޑުގެ އަގަށް މިގެންނެވި ހެޔޮބަދަލާއި ގުޅިގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކުރެވިފައިވާ އެސް.ޓީ.އޯގެ ފިހާރަތަކުން އާދައިގެ ހަނޑޫ އަދި ހަކުރު ވިއްކާއަގު އިން އަދި އާދައިގެ ގޮދަންފުށް ވިއްކާއަގު އިން ހެޔޮކުރައްވާފައިވާ ވާހަކަ ދެންނެވީމެވެ.

 

21 ޝަޢުބާން 1438

17  މެއި   2017

17 މޭ 2017
ހޯދާ