ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.ކުނަހަންދޫ ޤަވައިދާއި ހިލާފަށް ވެއްޔާއި ގާ އެރުވުމާއި ގުޅޭ

 

އިޢުލާނު

 

ކުނަހަންދޫއިން ޤަވައިދާއި ހިލާފަށް ވެއްޔާއި ގާ އެރުވުމާއި ގުޅޭ

       

ލ. ކުނަހަންދޫގައި ޤަވައިދާ ހިލާފަށް ވެއްޔާއި ގާ އަރުވާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަމަވެ. ކުނަހަންދޫގެ ދެކުނު އަދި އިރާއި ހުޅަނގު ފަރާތުން ވެއްޔާއި ގާ އަރުވާ އެންމެހައި ފަރާތްކުން ވެއްޔާއި ގާ އެރުވުމަކީ މަނާ ކަމެއް ކަމުގައި ދަންނަވަމެވެ. މިކަމަކީ އީ ޕީ އޭ އިން އަދި ސަރުކާރުން ވަރަށް ބޮޑެތި އަދަބުތަކާއި ޖޫރިމަނާ ކަނޑައެޅިފައިވާ ކަމެކެވެ. އަދި އެފަރާތުން މިކައުންސިލަށް އަންގާފައިވަނީ ވެއްޔާއި ގާ އަރުވާ ފަރާތްތަކުގެ ނަން ހިއްސާކުރުމަށް އަންގަވާފައި ވެއެވެ.

ވީމާ، މިހާރުންފެށިގެން މިކަމަށް ސަމާލުވެ، ވެއްޔާއި ގާ އެރުވުން ހުއްޓުމަށް ދަންނަވަމެވެ. މިއަދުން ފެށިގެން މިކަމުގެ ސަކުވާ ލިބިއްޖެނަމަ އަދި އެނގިއްޖެނަމަ އެފަރާތެއްގެ ނަން މިނިސްޓްރީއަށް ފޮނުވޭނެ ވާހަކަ ދަންނަވަމެވެ.

އެހެން ކަމުން މި ކަން އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

21 ސަޢުބާން   1438

17    މެއި   2017          

17 މޭ 2017
ހޯދާ