ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ ތިލަފުށީ ބޯޓުޔާޑުގައި އަދި އެފް އެސް އެމް އީޒީފިލްގައި ހުރި ބައު ދަގަނޑު ނީލަން އުސޫލުން ވިއްކުމަށް

އިޢުލާން

 

މިކުންފުނީގެ ތިލަފުށީ ބޯޓުޔާޑުގައި އަދި އެފް އެސް އެމް އީޒީފިލްގައި ހުރި ބައު ދަގަނޑު ނީލަން އުސޫލުން ވިއްކުމަށް ބޭނުންވެއެވެ.

 

މުދަލުގެ ބާވަތް:   ބައު ދަގަނޑު

ތަން:       ފިއުލް ސަޕްލައިސް މޯލްޑިވްސް ބޯޓްޔާޑް، ކ.ތިލަފުށި، އެފް އެސް އެމް އީޒީފިލް، ކަނބާއައިސާރަނި ހިންގުން

 

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 18 މޭއި 2017 ވަނަ ދުވަހުން ފެށިގެން 21 މޭއި 2017 އާއި ދެމެދުގެ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ރަސްމީ ގަޑި ނިމެންދެން މިކުންފުނީގެ އެފް އެސް އެމް ބޯޓްޔާޑަށް އަދި އެފް އެސް އެމް އީޒީފިލްއަށް ހާޞިރުވެ، ތަނުގައި ހުރި ބައު ދަގަނޑު ބެއްލެވުމުގެ ފުރުސަތު ހުޅުވާލައިފާ ވާނެއެވެ.

ތަކެތި ބެއްލެވުމަށްފަހު އަގު ހުށަހަޅުއްވުން އޮންނާނީ 22 މޭއި 2017 ވާ ހޯމަ ދުވަހުގެ 14:00 ޖަހާއިރު މިކުންފުނީގެ ހެޑް އޮފީސް، އެސް ޓީ އޯ އައިފާނު ބިލްޑިންގ 4 ވަނަ ފަންގިފިލާގައިއެވެ.

އަގު ހުށައެޅުއްވުމަށް ހާޞިރުވެ ވަޑައިގަންނަވާ ފަރާތްތަކުން އެފަރާތެއްގެ ރަސްމީ ލިޔެކިޔުންތަކުގެ ކޮޕީ (އަމިއްލަ ފަރާތެއް ނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު) އަދި އެފަރާތަކުން ހުށައަޅުއްވާ އަގު، ލިޔުމުން ހުށައަޅުއްވަން ވާނެއެވެ.     

މިނީލަމުގައި އެންމެ މަތިން އަގު ހުށައަޅުއްވާ ފަރާތަކަށް އެފަރާތުން ހުށައަޅުއްވާ އަގު ދެއްކުމަށްފަހު ތަކެތި ގެންދިޔުމަށް 2 ދުވަހުގެ މުއްދަތެއް ދެވޭނެ ވާހަކަ ދަންނަވާލީމެވެ.

       އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7667060 ނުވަތަ 9621648 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ. 

17 މޭ 2017
ހޯދާ