ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ ތިލަފުށި ބޯޓްޔާޑުގައި އިން ހަލާކުވެފައިވާ ބައުޒަރު ނީލަމުގެ އުސޫލުން ވިއްކާލުމަށް

 

އިޢުލާން

 

މިކުންފުނީގެ ތިލަފުށި ބޯޓްޔާޑުގައި އިން ހަލާކުވެފައިވާ ބައުޒަރު ނީލަމުގެ އުސޫލުން ވިއްކާލުމަށް ބޭނުންވެއެވެ.

 

މުދަލުގެ ބާވަތް:   ފިއުލް ބައުޒަރު (ޓަނޭޖް: 7 ޓަނު)

ތަން:       އެފް އެސް އެމް ބޯޓްޔާޑް، ކ. ތިލަފުށި

 

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 18 މޭއި 2017 ވަނަ ދުވަހުން ފެށިގެން 21 މޭއި 2017 އާއި ދެމެދުގެ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ރަސްމީ ގަޑި ނިމެންދެން މިކުންފުނީގެ އެފް އެސް އެމް ބޯޓްޔާޑަށް ހާޞިރުވެ މިދެންނެވުނު ބައުޒަރު ބެއްލެވުމުގެ ފުރުސަތު ހުޅުވާލައިފާ ވާނެއެވެ.

ބައުޒަރު ބެއްލެވުމަށްފަހު އަގު ހުށަހަޅުއްވުން އޮންނާނީ 22 މޭއި 2017 ވާ ހޯމަ ދުވަހުގެ 14:00 ޖަހާއިރު މިކުންފުނީގެ ހެޑް އޮފީސް، އެސް ޓީ އޯ އައިފާނު ބިލްޑިންގ 4 ވަނަ ފަންގިފިލާގައިއެވެ.

އަގު ހުށައެޅުއްވުމަށް ހާޞިރުވެ ވަޑައިގަންނަވާ ފަރާތްތަކުން އެފަރާތެއްގެ ރަސްމީ ލިޔެކިޔުންތަކުގެ ކޮޕީ (އަމިއްލަ ފަރާތެއް ނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު) އަދި އެފަރާތަކުން ހުށައަޅުއްވާ އަގު، ލިޔުމުން ހުށައަޅުއްވަން ވާނެއެވެ.     

މިނީލަމުގައި އެންމެ މަތިން އަގު ހުށައަޅުއްވާ ފަރާތަކަށް އެފަރާތުން ހުށައަޅުއްވާ އަގު ދެއްކުމަށްފަހު ތަކެތި ގެންދިޔުމަށް 3 ދުވަހުގެ މުއްދަތެއް ދެވޭނެ ވާހަކަ ދަންނަވާލީމެވެ.

       އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7667060 ނުވަތަ 9621648 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ.

 

17 މޭ 2017
ހޯދާ