ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1. މި ސަރވިސްގެ ޑިޕާރޓްމަންޓެއްގެ އެތެރޭގައި ސީ.ސީ.ޓީ.ވީ ކެމެރާ ހަރުކުރަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަޢުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
Qty |
Item Details |
# |
4 |
Bullet Out door camera |
1 |
32 |
Bullet indoor camera |
2 |
01 |
NVR (128 Channel) |
3 |
15 |
8 TB HDD SATA, WD Purple |
4 |
2 |
24 Port PoE Switch |
5 |
2. ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2017 މޭ 18 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2017 މެއި 23 ވާ އަންގާރަ ދުވަހުގެ ނިއަލަށް، ބަންދުނޫން ކޮންމެ ދުވަހެެއްގެ ހެނދުނު 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަން ފޮތެއްގެ އަގަކީ 100/-ރ ( އެއްސަތޭކަ ރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
3. މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2017 މެއި 24 ވާ ބުދަ ދުވަހުގެ 11:00 ގައި، އިސްކަންދަރު ބިލްޑިންގ ގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2017 މެއި 23 ވާ އަންގާރަ ދުވަހުގެ 15:30 ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. ބީލަން ހުޅުވުން އޮންނާނީ 2017 މެއި 31 ވާ ބުދަ ދުވަހުގެ 11:00 ގައި މިސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓްގައެވެ.
4. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
5. ބީލަންފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް ޕްރީބިޑް ބައްދަލުވުމާއި ބިޑް ހުޅުވާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.