ބޮޑުފޮޅުދޫ މަދަރުސާ
ދިވެހިރާއްޖެ
ފާހާނާ ހޮޅި ބަދަލުކުރުމުގެ މަސައްކަތް

ބޮޑުފޮޅުދޫ މަދަރުސާ

   އއ.ބޮޑުފޮޅުދޫ

އިޢުލާން

     GS149/2017/09 :ނަންބަރ

 

ސްކޫލް ފާހާނާ ހޮޅި ބަދަލުކުރުމުގެ މަސައްކަތާގުޅޭ!

              

        މިމަދަރުސާގެ ފާހާނާ ހޮޅި މިރަށުކައުންސިލުން ކަނޑައަޅާފައިވާ ޗާޓާ އެއްގޮތްވާގޮތުގެ މަތިން، އަމިއްލަ ތަކެތީގައި ބަދަލު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

       ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޤާނޫނު ނަމްބަރު 2014/18، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރު 2014/19، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

       ވީމާ، މިމަސައްކަތަށް ބީލަންހުށައެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލްގައި ހިމެނޭގޮތަށް މައުލޫމާތު ސާފުކުރައްވާ، ބީލަން ހުށައެޅުއްވުން އެދެމެވެ.

ތަފްސީލް

ތަން

ތާރީޚް

ދުވަސް

ގަޑި

މައުލޫމާތު ދިނުމުގެ ސެޝަން

ބޮޑުފޮޅުދޫ މަދަރުސާ

21 މެއި 2017

އާދީއްތަ

13:00

ބީލަން ހުށައެޅުން

ބޮޑުފޮޅުދޫ މަދަރުސާ

24 މެއި 2017

ބުދަ

13:00

       މަޢުލޫމާތުދިނުމުގެ ސެޝަންއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ކުންފުޏެއްގެ ފަރާތުން މައުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ބޭފުޅުން ކުންފުނީގެ ލިޔުމެއް ގެންނަވަންޖެހޭނެއެވެ. އަދި އަމިއްލަފަރުދުންގެ ވިޔަފާރީގެ ވެރިފަރާތްނޫން އެހެންފަރާތެއް މައުލޫމާތު ސާފުކުރުން ވަޑައިގަންނަވާނަމަވެސް ވެރިފަރާތުގެ ލިޔުމެއްގެންނަވަން ޖެހޭނެއެވެ.

      އިތުރު މައުލޫމާތު ހޯއްދެވުމަށް، ރަސްމީ ގަޑީގައި، މަދަރުސާގެ ފޯނު ނަމްބަރު 6660841 އާއި ގުޅުއްވުން އެދެމެވެ.

  20 ޝަޢުބާން 1438       

                                16 މެއި 2017                                          

16 މޭ 2017
ހޯދާ