އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ތިމަރަފުށި އެއަރޕޯރޓް ގައި ކެފޭއެއް ހިންގަދޭނެ ފަރާތެއް ހޯދަން

ތިމަރަފުށި އެއަރޕޯރޓް ގައި ކެފޭއެއް ހިންގަދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު IAS/MIS/2017/378 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ޕްރޮޕޯސަލް ތަކެއް ލިބިފައި ނުވާތިީ މި އިޢުލާން ބާތިލް ކޮށް އަލުން އިޢުލާން ކުރަމެވެ.

 

ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން 21 މޭއި ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:30ގައި އައިލެންޑް އޭވިއޭޝަންގެ މައި އޮފީސް މ.ރާވެރިގެ،(މަޖީދީ މަގު)ގައި އޮންނާނެއެވެ. އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލްތައް ހުށަހެޅުމަށް ބޭއްވޭ ސެޝަން 25 މޭއި ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30ގައި މިއޮފީހުގައި އޮންނާނެއެވެ.  

 

އިސްވެ ބަޔާން ކުރެވިފައިވާ ޕްރޮޕޯސަލް ހުށަހެޅުމުށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ

 

          

          16 މޭއި 2017

16 މޭ 2017
ހޯދާ