ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް
ދިވެހިރާއްޖެ
ގުޅިފަޅުގެ ބިން ލެވެލް ކުރުމާއި ބެހޭ

އިޢުލާން

ގުޅިފަޅުގެ ބިން ލެވެލް ކުރުމާއި ބެހޭ

ގުޅިފަޅުގެ އުތުރުފަރާތުގައިވާ ބިން ލެވެލްކޮށް އެއްވަރުކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ. މިބިމުގެ ބޮޑުމިނަކީ ގާތްގަނޑަކަށް ދެލައްކަ އަކަފޫޓެވެ.

މިމަސައްކަތް ކުރުމަށް ޝައުގުވެރި ވެލައްވާ ފަރާތް ތަކުން 22 މެއި 2017 ވާ ހޯމަ ދުވަހުގެ 16:00 ގެ ކުރިން މިކުންފުނީގެ ހެޑް އޮފީހުގެ ނަމްބަރު 3016630 އަށް ގުޅައި ނަން ނޯޓު ކުރެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުން އަދި ސައިޓް ސާވޭ ހަމަޖެހިފައިވަނީ 23 މެއި 2017 ވަނަ ދުވަހުގެ 10:30 ގައި ގުޅިފަޅުގައެވެ. މަޢުލޫމާތު ސާފުކުރުމަށާއި، ސައިޓް ސާވޭއަށް ވަޑައިގަންނަވާ ހުރިހާ ފަރާތްތަކުން 23 މެއި 2017 ވަނަ ދުވަހުގެ 10:15 އަށް ޖެޓީ ނަމްބަރު 6 (ފޮރިން މިނިސްޓްރީ ކުރިމަތި) އަށް ވަޑައިގެން ދެއްވުން އެދެމެވެ. ގުޅިފަޅަށް ދިއުމަށްޓަކައި ދަތުރުގެ ހުރިހާ އިންތިޒާމެއް ގުޅިފަޅު އިންވެސްޓްމެންޓް ލިމިޓެޑްގެ ފަރާތުން ހަމަޖައްސައިދޭނޭ ވާހަކަ ދަންނަވަމެވެ. 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 30 މެއި 2017 ވާ އަންގާރަ ދުވަހުގެ 10:00 ގައި މިކުންފުނީގެ ހެޑް އޮފީސް (މާލެ) ގައެވެ. އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ތިރީގައި މިވާ ނަމްބަރަށް ގުޅުއްވުން އެދެމެވެ.

 

ގުޅިފަޅު އިންވެސްޓްމަންޓްސް ލިމިޓެޑް

ހަތަރުވަނަ ފަންގިފިލާ ، ހ.ހުޅުގަލި

ކަރަންކާ މަގު،

މާލެ، ދިވެހިރާއްޖެ

 

ފޯން ނަމްބަރ: 3016630

ފެކްސް ނަމްބަރ: 3016632

އީމެއިލް: [email protected]

ވެބް ސައިޓް:www.gil.mv

16 މޭ 2017
ހޯދާ