އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުނެގުން.

ނަންބަރު:A)CA-2017/174)

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުނެގުން.

2017 މެއި 6 ވީ ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ށ. އަތޮޅު ކޮމަންޑޫ ކައުންސިލަށް އިންތިޚާބުކުރަންޖެހޭ މެންބަރުންގެ ޢަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީ، ޤާނޫނު ނަންބަރު: 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ22  ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މި އިންތިޚާބުގެ ދެވަނަ ބުރެއް ބޭއްވުމަށް މި ކޮމިޝަނުން ވަނީ ނިންމާފައެވެ.

    ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވާ ދާއިރާތަކުގައި ވޯޓު ނެގުން އޮންނާނީ، 2017 މެއި 20 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިޢުލާނުކުރެވޭނެއެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ޝަޢުބާން   1438   

16 މޭ 2017
ހޯދާ