މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ތަރުޖަމާކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މި މިނިސްޓްރީއިން އެކުލަވާލާފައިވާ ޕްރައިވެސީ އެންޑް ޕަރސަނަލް ޑޭޓާ ޕްރޮޓެކްޝަން ބިލް، އިނގިރޭސިބަހުން ދިވެހިބަހަށް ތަރުޖަމާކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި މިނިސްޓްރީގެ އިޢުލާން ނަންބަރ (IUL)101-AF/1/2017/105 ) އިޢުލާނަށް އެކަށީގެންވާ އަދަދެއްގެ ފަރާތުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރި ވެލައްވާ ފަރާތްތަކުން، 18 މެއި 2017 ވާ ބުރާސްފަތި ދުވަހު، މެންދުރު 13:00 ގައި މި މިނިސްޓްރީ (ވެލާނާގެ 11 ވަނަ ފަންގިފިލާ) ގެ ކޮންފަރެންސް ހޯލްގައި ބާއްވާ މަޢުލޫމާތު ސެޝަންގައި ބައިވެރިވެވަޑައިގެން ދެއްވާ، މަޢުލޫމާތު ސާފުކުރުމަށް ދައުވަތު އަރުވަމެވެ. ބީލަމުގައި ބައިވެރިވެވޭނީ، މަޢުލޫމާތު ސެޝަންގައި ބައިވެރިވާ ފަރާތްތަކަށެވެ.

އަންދާސީ ހިސާބު ބަލައިގަތުމާއި ހުޅުވުން އޮންނާނީ  25 މެއި 2017  ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި މިނިސްޓްރީ (ވެލާނާގެ 11 ވަނަ ފަންގިފިލާ) ގެ ކޮންފަރެންސް ހޯލްގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދީފައިވާ ސުންގަޑީގެ ފަހުން ހުށަހަޅުއްވާ އެއްވެސް އަންދާސީ ހިސާބެއް ބަލައެއް ނުގަނެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.  އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3333139 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވާނެގޮތުގެ މަޢުލޫމާތާއި "އެޕްލިކޭޝަން ފޯ ބިޑް ސަބްމިޝަން" ފޯމް މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ.

      18‏ ޝައުބާން 

14 މޭ 2017
ހޯދާ