މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
މަދަރުސަތުއްޝައިޚް އިބުރާހިމްގެ ނޯޓިސްބޯޑުގެ ކަރަންޓްވައިރު މަރާމާތުކުރުމާއި ދޮންނަ މެޝިން ބަހައްޓާނެ ސްޓޭންޑެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން  

 

ނޯޓިސްބޯޑުގެ ކަރަންޓްވައިރު މަރާމާތުކުރުމާއި ދޮންނަ މެޝިން ބަހައްޓާނެ ސްޓޭންޑެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން 

02 މެއި 2017 ގައި ކުރެވުނު ނަންބަރ GS78/IULAAN/2017/6 އިޢުލާނަށް އެއްވެސްފަރާތަކުން މައުލޫމާތުސާފުކުރަށް ހާޒިރުނުވުމާއި ގުޅިގެން އެއިޢުލާން ބާތިލްކޮށް އަލުން މިމަސައްކަތް އިޢުލާންކުރަމެވެ.

    ހއ.ކެލާ މަދްރަސަތުއްޝައިޚު އިބްރާހީމުގެ ނޯޓިސްބޯޑު ކަރަންޓްވައިރު މަރާމާތުކުރުމާއި ދޮންނަ މެޝިން ބަހައްޓާނެ ސްޓޭންޑެއް  ތައްޔާރުކޮށްދޭނެ، ފަރާތެއް ހޯދަށް ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި އެހެން ފަރާތެއް ފޮނުއްވާނަމަ އެކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ފޮނުއްވާ ފަރާތެއްގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި މީގެއިތުރުން މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެންހައިސިއްޔަތަކުންނެވެ. މަޢުލޫމާތުސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ މިބައްދަލުވުން ނިމުމުގެ ކުރިން ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ. މިއީމިކަމަށް ކުރެވޭ ތިންވަނަ އިޢުލާން ކަމުގައި ދަންނަވަމެވެ.

 

 މަޢުލޫމާތު ސާފުކުރުން ފެށޭގަޑި

އަންދާސީހިސާބު ހުށަހެޅުމަށް

15 މެއި 2017 ވާ ހޯމަ ދުވަހުގެ މެންދުރު 13:30

18 މެއި 2017 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:30

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ މިމަދަރުސާގެ އޭވީރޫމްގައެވެ.

 


އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500097 ނަންބަރު ފޯނާއެވެ.

 

11 މޭ 2017
ހޯދާ