ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު

            1437 ވަނައަހަރު އެކުލަވާލެވުނު ފަޤީރުންގެ ލިސްޓުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަށް ފިޔަވައި އަލަށް ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް، އެފުރުޞަތު މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ވަނީ ހުޅުވާލާފައެވެ.

           ވީމާ، ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވާން އެދޭފަރާތްތަކުން، "ފިޠުރުޒަކާތާއި މުދަލުޒަކާތް ލިބިގަތުމަށް ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީ ވުމަށް އެދޭފޯމް" ފުރިހަމަ ކުރުމަށްފަހު 2017 މޭ 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. މިފޯމް މިކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް ގެ ވެބްސައިޓް www.islamicaffairs.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

           މިތާރީޚުގެ ފަހުން ހުށަހަޅާ ފޯމްތައް ބަލައިގަތުމަށް ހަމަޖެހިފައިނުވާތީ، މަތީގައިވާ ތާރީޚުގެ ކުރިން ފޯމް ހުށަހެޅުއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން އެދެމެވެ.

             މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ޝަޢުބާން 1438

11 މޭ 2017
ހޯދާ