އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގައުކެނޑި ބްރިޖް ސަރަޙައްދުގައި ޤާއިމް ކުރެވިފައިވާ ސެކިއުރިޓީ ޗެކްޕޯސްޓް މަރާމާތުކުރުމުގެ މަސައްކަތް

އިޢުލާން

ގައުކެނޑި ބްރިޖް ސަރަޙައްދުގައި ޤާއިމް ކުރެވިފައިވާ ސެކިއުރިޓީ ޗެކްޕޯސްޓް މަރާމާތުކުރުމުގެ މަސައްކަތް

އައްޑޫގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އައްޑޫ ޕޮލިސްއާއި ކައުންސިލްގުޅިގެން ގައުކެނޑި ބްރިޖް ސަރަޚައްދުގައި ޤާއިމްކުރެވިފައިވާ ސެކިއުރިޓި ޗެކްޕޯސްޓް މަރާމާތު ކުރުމުގެ މަސައްކަތް، މި އިދާރާއިން ދޭ މައުލޫމާތާއި ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 17 މޭ 2017 ވާ ބުދަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު 25 މޭ 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އިދާރައަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.            

މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ ކޮންފަރެންސް ހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

14 ޝަޢުބާން 1438

10 މޭ 2017
ހޯދާ