ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް އެކައުންޓް އޮފިސަރ

މަޤާމް :އެސިސްޓެންޓް އެކައުންޓް އޮފިސަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު                   

           

މަޤާމު: އެސިސްޓެންޓް އެކައުންޓް އޮފިސަރ

މުސާރަ  އާއި އެލަވަންސް:

މަހަކު -/8000 ރުފިޔާ

މަޤާމުގެ ރޭންކް

AS7

ބޭނުންވާ ޢަދަދު

01

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ފައިނޭންސް އެންޑް ރެވެނިއު

މަޤާމުގެ ޝަރުތު:

ޖީ.ސީ.އީ އޭލެވެލް އިމްތިހާނު 4 (ހަތަރެއް) މާއްދާއިން ފާސްވުމާއެކު ދާއިރާއިން 1 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޭލެވެލް އިމްތިހާނު 2 (ދޭއް) މާއްދާއިން ފާސްވުމާއެކު ދާއިރާއިން 4 (ހަތަރެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން  ނުވަތަ ޖީ.ސީ.އީ އޯލެވެލް އިމްތިހާނު 4 (ހަތަރެއް) މާއްދާއިން ފާސްވެފައި ވުމާއެކު ދާއިރާއިން 2 ( ދޭއް ) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން  ނުވަތަ ދާއިރާއިން 3 ( ތިނެއް ) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.   

މަޤާމުގެ މަސްއޫލިއްޔަތު:

  • ކުންފުނީގެ އިންޓަރނަލް އަދި އެކްސްޓަރނަލް އޮޑިޓްކުރުމަށް ހަޔަރ ކުރެވިފައިވާ އޮޑިޓް ފާމުން، ކުންފުނި އޮޑިޓްކުރުމުގައި ބޭނުންވާ ހުރިހާ މައުލޫމާތެއް ޔުނިޓް ހެޑާއި ޑިޕާޓްމަންޓް ހެޑްގެ ލަފާގެމަތިން އެފަރާތްތަކަށް ފޯރުކޮށްދިނުން.
  • ކުންފުންޏަށް ދައްކަންޖެހޭ ޖީ.އެސް.ޓީގެ ހިސާބުތައް ތައްޔާރުކޮށް ދައްކަންޖެހޭ މުއްދަތުގައި ދެއްކުމަށްޓަކާ ކުރަންޖެހޭ މަސައްކަތްކޮށް ޤަވާއިދުން ޖީ.އެސް.ޓީ ބަޔާނާއި ދައްކަންޖެހޭ ފައިސާ ދައްކަމުން ގެންދިއުން.
  • އެކައުންޓްސް ޔުނިޓުން ތައްޔާރުކުރާ ކުންފުނީގެ މާލީ ރިޕޯޓްތައް ޔުނިޓް ހެޑްގެ މަޝްވަރާގެ މަތިން ތައްޔާރުކުރުން.
    • މަހުންމަހަށް ބޭންކުން ކުރެވޭ މުޢާމަލާތްތަށް ރިކޮންސައިލްކޮށް ބޭންކްގެ މުޢާމަލާތްތަށް ބެލެހެއްޓުން.
    • އަހަރީ ބަޖެޓް ތަޔާރުކުރުމުގައި ކުރަންޖެހޭ މަސައްކަތް  ކުރުން.
    • ކުންފުނީގެ އެކައުންޓްސް ސޮފްޓްވެއަރ މެއިންޓެއިންކޮށް ބެލެހެއްޓުން.
    • ކުންފުންޏަށް ގަނެވޭ އެސެޓްތަކަށް އެސެޓް ނަމްބަރުދީ އެސެޓް ރަޖިސްޓަރ މެއިންޓެއިންކޮށް ބެލެހެއްޓުން.
    • އެކައުންޓްސް ޔުނިޓްގެ މަސައްކަތްތަކުގައި ޔުނިޓް ހެޑް އަދި ޑިޕާޓްމަންޓް ހެޑްގެ މަޝްވަރާގެ މަތިން މަސައްކަތްކުރުން.

އިތުރުގަޑި:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  • މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
  • ޕޮލިސް ރިޕޯޓް
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

  •  އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަގާމަށް އެދިލައްވާ ފަރާތްތަކުން 2017 މެއި 21 ވަނަ ދުވަހުގެ 15:00 ގެ ކުރިން މިކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ/ ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ. ނުވަތަ މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

 

                           15 ޝަޢުބާން  1438

11 މޭ 2017
ހޯދާ