ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ޕެރަލީގަލް އޮފިސަރެއް ބޭނުންވެއްޖެ

މަޤާމް :ޕެރަލީގަލް އޮފިސަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މިކުންފުނީގެ ނަންބަރު 60އޭޑީއެމް/111/2017 އިޢުލާނަށް އެކަށީގެންވާ ކެނޑިޑޭޓުން ލިބިފައިނުވާތީ ތިރީގައި ދެންނެވިފައިވާ މަަޤާމަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމް: ޕެރަލީގަލް އޮފިސަރ

ބޭނުންވާ އަދަދު:  01 (އެކެއް)

އަސާސީ މުސާރަ:މަހަކު -/5380 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން: ކޯޕަރޭޓް އެންޑް ލީގަލް އެފެއާރޒް / އެސްޓީއޯ ހެޑް އޮފީސް 

ޢިނާޔަތްތައް:

* އިތުރު އެލަވަންސް: މަހަކު -/2000 ރުފިޔާއާއި -/2700ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.

* ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ލިބޭނެއެވެ.

* މަތީ ތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ. 

މަޤާމުގެ މަސްއޫލިއްޔަތު: 

* ކޯޓު ކޭސްތަކާއި ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން

* ފައިސާ ދައްކަންޖެހިފައިވާ ކަސްޓަމަރުންގެ ފައިސާ ހޯދުމުގެ މަސައްކަތްތައް ކުރުން 

ފެންވަރު ނުވަތަ ޝަރުތު:

* ޖީސީއީ އޯލެވެލްގެ 4 މާއްދާ އަދި އެސް އެސް ސީ އިމްތިހާނުގެ ދިވެހިން "ސީ" ފާހަށްވުރެ މަތި ލިިބިފައިވުން ނުވަތަ އޭލެވެލް ފުރިހަމަކޮށް އެޗްއެސްސީ އިމްތިހާނުގެ ދިވެހިން "ސީ" ފާހަށްވުރެ މަތި ލިިބިފައިވުން 

އެހެނިހެން ހުނަރު

* ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން 

* ކޮމްޕިއުޓަރއިން ކުރަންޖެހޭ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން

* ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފުރިހަމަޔަށް މުޢާމަލާތުކުރަން އެނގުން

* މަޤާމާ ގުޅޭ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. 

ސުންގަޑި:

  • މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2017 މޭ 14 ވާ އާދިއްތަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
  • އެޕްލިކޭޝަން ފޯމް، މި ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ.

ނޯޓު:

  • ހުށަހަޅުއްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގައި އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.
  • މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި، މަސައްކަތު ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކުސްލިބޭ ފަރާތެކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސްރިޕޯރޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

  • ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ، ހެޑު އޮފީސް
  • ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345
  • ފޯން: 3344261 ވެބްސައިޓު: www.sto.mv

                  10 މޭ 2017

 

 

 

 

 

10 މޭ 2017
ހޯދާ