ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ

ވަޒީފާގެ ފުރުޞަތު

  198-MJA-C/2017/01:ނަންބަރު 

 ތާރީޚް:  10 މެއި 2017

 މަޤާމު

 އެސިސްޓެންޓް ލީގަލް އޮފިސަރ

 ރޭންކް: LS2

 ޢަދަދު

 01

 މަސައްކަތްކުރަންޖެހޭ ތަން

 ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ / ވިލިމާލެ

 އަސާސީ މުސާރަ

 -/9,412 ރުފިޔާ

 މިމަޤާމަށް ލިބޭ އެލަވަންސް 

 -   ޖުޑީޝަލް އެލަވަންސް:  މުސާރައިގެ %65

 -   ސަރވިސް އެލަވަންސް: -/3,000

 -   ލިވިންގ އެލަވަންސް: -/3,000

 -   ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

 އަސާސީ ޝަރުޠު

 1-  މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތު ކޮށްދިނުމާ  އެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލު ކޮށްފައި ވުން.

 މަޤާމުގެ މައިގަނޑު  މަސްއޫލިއްޔަތުތައް

  1. ޑިވިޜަނުގެ ވެރިޔާގެ އިރުޝާދުގެ ދަށުން، އަދި އެކަމަށް ބޭނުން ވާ ފަންނީ އެހީތެރިކަން ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ހޯދައިގެން، އެކަޑަމީގެ ތަމްރީނުގެ މަންހަޖު ތައްޔާރު ކޮށް، އަހަރުން އަހަރަށް އެ މަންހަޖު މުރާޖައާ ކޮށް ތަރައްގީ ކުރުމާއި، އެކަޑަމީގެ ތަމްރީނު ޕްރޮގްރާމްތައް އެކުލަވައިލައި ހިންގުމުގައި އެ މަންހަޖަށް ފުރިހަމަޔަށް ތަބާ ވެވޭކަން ކަށަވަރު ކުރުން. 
  2. ޑިވިޜަނުގެ ވެރިޔާގެ އިރުޝާދުގެ ދަށުން، އެކަޑަމީގެ އަހަރީ ޕްރޮގްރާމް ޕްލޭނުގައި ހިމެނޭ ޝަރުޢީ އަދި ޤާނޫނީ ތަމްރީނާއި ކޮންޓިނުއިންގ އެޑިޔުކޭޝަނުގެ ޕްރޮގްރާމްތަކުގެ ކަރިކިޔުލަމާއި ކޮންޓެންޓް ތައްޔާރު ކުރުމުގެ އެންމެހައި މަސައްކަތްތަކެއް ކުރުމާއި، މި މަސައްކަތުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދާން ޖެހޭ ނަމަ އެ ކަން އިންތިޒާމު ކޮށް ބެލެހެއްޓުން.
  3. އެކަޑަމީން ހިންގާ ޝަރުޢީ އަދި ޤާނޫނީ ތަމްރީނުގެ ވޯރކްޝޮޕްތަކާއި ސެމިނާރު ފަދަ ޕްރޮގްރާމްތަކާ ގުޅޭ އަތްމަތީފޮތްތަކާއި ލުއިފޮތް ފަދަ ތަކެތި ތައްޔާރު ކުރުމާއި، ޕްރޮގްރާމްތަކާ ގުޅިގެން އެކަޑަމީގެ ވެބްސައިޓުގައި ޝާއިއު ކުރާން ޖެހޭ ލިޔެކިޔުންތައް ތައްޔާރު ކޮށް ވެބްސައިޓު އަދާހަމަ ކުރުމުގެ މަސައްކަތް ކުރާ މުވައްޒަފަކާ ހަވާލު ކުރުމާއި، އެ ތަކެތި ރަނގަޅަށް ޝާއިއު ކުރެވޭތޯ ޗެކު ކޮށް ބެލުން. 
  4. ކަމާގުޅޭ އުސޫލުތަކުގެ މަތީން، އެކަޑަމީގެ ޖާރނަލް އޮފް ޖުޑީޝަލް އެންޑް ލީގަލް ސްޓަޑީޒްގެ ކަންކަން އިންތިޒާމު ކޮށް، ޖާރނަލަށް ބޭނުން ވާ މަޒުމޫނުތަކާއި އެކިއެކި މައުލޫމާތު ހޯދައި އެއް ކުރުމުގެ ކަންކަން ކުރުމާއި، އެޑިޓޯރިއަލް ބޯޑުން މަޒުމޫނުތައް ފާސް ކުރުވުމުގެ ކަންކަން ބެލެހެއްޓުމާއި، ޖާރނަލުގެ ލޭއައުޓުގެ މަސައްކަތް އިންތިޒާމު ކުރުމާއި، މިކަންކަން ނިންމުމަށް ފަހު، ޗާޕް ކުރުމާއި ވިއްކައި ނުވަތަ ބެހުމުގެ ކަންކަން ކުރުމަށް ޓަކައި ޖާރނަލްގެ ޕީޑީއެފް ފައިލް ޖެނެރަލް ސަރވިސަސް ޑިވިޜަނާ ހަވާލު ކުރުން.
  5. އެކަޑަމީން އެކިއެކި ފަރާތްތަކާ އެކުގައި ވާ އެއްބަސްވުންތަކާއި ފަހުމުނާމާތަކުގެ އެންމެހައި ކަންކަން ބެލެހެއްޓުމާއި، އެކަޑަމީން އެކިއެކި ފަރާތްތަކާ އެކުގައި ވާ އެއްބަސްވުންތަކާ ގުޅިގެން ކުރާން ޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  6. އެކަޑަމީގެ ބޭނުންތަކަށް ޓަކައި އިނގިރޭސި ބަހުން ދިވެހި ބަހަށް، އަދި ދިވެހި ބަހުން އިނގިރޭސި ބަހަށް ތަރުޖަމާ ކުރާން ބޭނުން ވާ ޝަރުޢީ އަދި ގާނޫނީ ލިޔެކިޔުންތައް ތަރުޖަމާ ކުރުމާއި، މި މަސައްކަތް އައުޓްސޯރސް ކޮށްގެން ކުރާ ހާލަތުގައި އެކަން އިންތިޒާމު ކުރުމާއި ކުރެވޭ މަސައްކަތުގެ ފެންވަރު ބަލައި ޗެކު ކުރުން.
  7. އެކަޑަމީއަށް ނުވަތަ އެކަޑަމީގެ ޑިވިޜަނަކަށް ނުވަތަ އެކަޑަމީގެ މުވައްޒަފަކަށް ރަސްމީ ހައިސިއްޔަތުން ވަޒީފާގެ ކަމެއްގައި ގާނޫނީ ލަފައެއް ބޭނުން ވެއްޖެ ކޮންމެ ހިނދެއްގައި ކަމާގުޅޭ އުސޫލުތަކާ އެއްގޮތަށް އެކަމުގައި އެހީތެރިކަން ފޯރު ކޮށްދިނުމާއި، އެކަޑަމީގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރާން ޖެހިއްޖެ ދަނޑިވަޅެއްގައި ނަމަ އެ ހައިސިއްޔަތުން މަސައްކަތް ކުރުން.
  8. ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކިއެކި ފަރާތްތަކާ އެކުގައި ބާއްވާ ބައްދަލުވުންތަކުގައި އެކަޑަމީ ތަމްސީލު ކުރާން ޖެހޭ ހާލަތުގައި ޑިވިޜަނުގެ ވެރިޔާގެ އިރުޝާދުގެ ދަށުން އެކަން ކުރުން.

 މި މަޤާމަށް މީހުން ހޮވުމުގައި އިސްކަން  ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
  • ޤާނޫނުތަކާއި ޤަވާޢިދުތަކަށް އަހުލުވެރި ފަރާތަކަށްވުން.
  • ދަތުރު ކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއިއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގޭ ފަރާތްތައް ކަމުގައިވުން.
  • ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.

 ހުށަހަޅަންޖެހޭ ތަކެތި  

 1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.

 2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ  އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން  ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

 4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ  ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ  ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

 5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް  ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ،  ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް  ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ  ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ  އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ  އަސްލުގެ ކޮޕީ)

 6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ  ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު  އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ  އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ  އަސްލުގެ ކޮޕީ)

 ސުންގަޑި

 18 މެއި 2017 ވާ ބުދަދުވަހުގެ 14:30 ގެ ކުރިން ދިވެހިރާއްޖޭގެ  ޖުޑީޝަލް އެކަޑަމީއަށް ހުށަހެޅުއްވުން އެދެމެވެ.  

 އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިއެކަޑަމީގެ ރިސެޕްޝަނުންނާއި، މިއެކަޑަމީގެ ވެބްސައިޓް: www.judicialacademy.gov.mv އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3396880
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
10 މޭ 2017
ހޯދާ