ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ޓްރޭޑް ސެންޓަރގެ މެދުގައިވާ ހުސްބައި ތަރައްޤީ ކުރުމާއި ފާސްޓްފުޑް ވިއްކާނެބައެއް ހޯދުމާބެހޭ

 

އިޢުލާން

އެސްޓީއޯ ޓްރޭޑް ސެންޓަރގެ މެދުގައިވާ ހުސްބައި ތަރައްޤީ ކުރުމާއި ފާސްޓްފުޑް ވިއްކާނެބައެއް ހޯދުމާބެހޭ

މިކުންފުނީގެ ނަންބަރު  60-އޭޑީއެމް/84/2017 އިޢުލާނާ ގުޅިގެން ޝަރުތު ފުރިހަމަވާ ބިޑެއް ލިބިފައިނުވާތީވެ އަލުން ފުރުޞަތު ހުޅުވާލަމެވެ. އެސްޓީއޯ ޓްރޭޑް ސެންޓަރގެ މެދުގައިވާ ހުސްބައި ތަރައްޤީކޮށް ކެފޭ / ފާސްޓްފުޑް ވިޔަފާރިއެއް ހިންގުމަށް ކުއްޔަށް ދިނުމަށް ވަނީ ޤަސްތުކުރެވިފައެވެ. ވީމާ މިތަން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 މޭ 15 ވާ ހޯމަ ދުވަހުގެ 10:45 އަށް އެސްޓީއޯ ޓްރޭޑް ސެންޓަރަށް ޙާޟިރުވެ ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 މޭ 24 ވާ ބުދަ ދުވަހުގެ 14:00 އަށް އެސްޓީއޯ ޕލކ ގެ ހެޑްއޮފީހަށް ވަޑައިގެން ބިޑް ހުށަހެޅުއްވުން އެދެމެވެ.

ބިޑު ގައި ބައިވެރިވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނީ މަޢުލޫމާތު ސާފުކުރެއްވުމަށް ޚާޟިރުވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ.

   12 ޝަޢުބާން 1438         

   8 މޭ 2017

08 މޭ 2017
ހޯދާ