ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. މަޑަވެލީގައި ފުލުހުން ތިބޭނެ ގެއެއް (ޢިމާރާތެއް) ކުއްޔަށް ހިފަން ބޭނުންވެއްޖެ!

އިޢުލާން

ގދ. މަޑަވެލީގައި ފުލުހުން ތިބޭނެ ގެއެއް (ޢިމާރާތެއް) ކުއްޔަށް ހިފަން ބޭނުންވެއްޖެ!

ގދ. މަޑަވެލީގައި ފުލުހުން ތިބޭނެ ގެއެއް (ޢިމާރާތެއް) މިކައުންސިލުން ކުއްޔަށް ހިފަން ބޭނުންވެއެވެ. އަދި، ތިރީގައިވާ ކަންތައް ފުރިހަމަވެފައިވާ ގެއެއް (ޢިމާރާތެއް) ނަމަ، އެފަދަ ތަންތަނަށް އިސްކަންދެވޭނެއެވެ.

  • 03 ކޮޓަރި ސިޓިންގ ރޫމް އަދި 02 ނުވަތަ 03 ފާޚާނާ އާއި ފަރުނީޗަރާއި އެކު،
  • ސިޓިންގ ރޫމް އަދި ކޮޓަރިތައް ހުންނަންވާނީ އެއަރ ކަންޑިޝަން ކުރެވިފައި،
  • ގޭގެ ހުރިހާ ކޮޓަރިތަކާއި ސިޓިންގރޫމް ހުންނަންވާނީ ތަޅަމުގައި މުށިޖެހި، ސީލިންގ ކުރެވި އަދި ކުލަލެވިފައި،
  • ވަށާފާރު ރޭނި ފުލުހުންގެ ކުލަ ލެވި ދޮރޯށި ހަރުކޮށް ތަޅުލެވޭގޮތަށް،
  • ގެއަކީ ފުލުހުންފިޔަވައި އިތުރުމީހުން ދިރިއުޅޭ ގެއަކަށް ނުވުން.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ކުއްޔަށް ދޫކުރާ ގެއެއް ނުވަތަ ޢިމާރާތެއްގައި ހިމެނޭ މަތީގައި ބަޔާން ކުރެވުނު ކަންތައްތަކުގެ އިތުރުން އަގު އެގޭގޮތަށް 15 މެއި 2017 (ހޯމަ) ދުވަހު 14:00 ގެ ކުރިން މިއިދާރާއަށް ލިޔުމުން ހުށަހެޅުއްވުންއެދި، ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 މޭ 2017
ހޯދާ