މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

މިނިސްޓްރީ އޮފް ހެލްތު

މާލެ، ދިވެހިރާއްޖެ

 

އިޢުލާން

މި މިނިސްޓްރީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ. މިމަގާމަކީ ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރަންޖެހޭ މަގާމެކެވެ.

މަޤާމު

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

01 (އެކެއް)

ކޮންޓްރެކްޓްގެ މުއްދަތު

01 އަހަރު ދުވަސް

މަޤާމު އޮތް އޮފީސް

މިނިސްޓްރީ އޮފް ހެލްތު

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު

ޑިވިޝަން/ސެކްޝަން

އެކައުންޓިންގ އެންޑް ފައިނޭންސް

މުސާރަ

-/6000 ރުފިޔާ

ސަރވިސް އެލަވަންސް

-/2500 ރުފިޔާ

ހާޒިރީ އެލަވަންސް

-/150 (ނިކުންނަ ކޮންމެ ދުވަހަށް)

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • ހެލްތް ޓްރަސްޓް ފަންޑް ކޮމިޓީގެ ޗެއަރގެ ބެލުމުގެ ދަށުން، ހެލްތް ޓްރަސްޓް ފަންޑު ކޮމިޓީގެ ބައްދަލުވުންތައް އިންތިޒާމްކޮށް ކަނޑައެޅިފައިވާ ޝެޑިއުލާއި އެއްގޮތަށް ކުރިއަށްގެންދިއުން  
  • ހެލްތް ޓްރަސްޓް ފަންޑް ކޮމިޓީއަށް މިނިސްޓްރީގެ އެކި ޑިޕާރޓްމަންޓްތަކާއި ސަރުކާރުގެ އެހެނިހެން އިދާރާތަކުން އަންނަ ސިޓީ މެސެޖް، މެއިލްތައް އެޖެންޑާކޮށް ކޮމިޓީގެ މަޝްވަރާގެ މަތިން އެކަންތައްތަކަށް ޖަވާބު ތައްޔާރުކޮށް ފޮނުވުމާއި ގުޅުންހުރި ހުރިހާ ލިޔެކިއުން ބަލަހައްޓާ ފައިލް ކުރުން.
  • ހެލްތް ޓްރަސްޓް ފަންޑް ކޮމިޓީގެ  ބައްދަލުވުންތަކަށް ހޯލް ބުކް ކުރުމާއި ޔައުމިއްޔާ ނޯޓްކުރުމާއި ބައްދަލުވުންތަކާއި ގުޅޭ އެހެނިހެންކަންތައް ކުރުން.
  • ހެލްތް ޓްރަސްޓް ފަންޑަށް އަމިއްލަ ފަރާތްތަކުން ހަދިޔާކުރާ ފައިސާ އާއި އެހީގެ ގޮތުގައި ހަދިޔާކުރެވޭ ތަކެތި ފަންޑަށްބަލައިގެންފައި ދޫކުރެވޭ ރިސިޕްޓްތައް މަހުން މަހަށް އަޕްޑޭޓް ކޮށް އާމްދަނީ ރިޕޯރޓާއި ޚަރަދު ރިޕޯޓް ތައްޔާރުކޮށް ކޮމިޓީއަށް ޤަވާއިދުން ހުށައެޅުން.
  • ހެލްތް ޓްރަސްޓް ފަންޑަށް ލިބޭ ފައިސާ  އިން ޚަރަދުކުރުމަށް ކޮމިޓީއަށް ހުށަހެޅޭ ކަންކަން ކޮމެޓީގެ މަޝްވަރާގެމަތިން ދައުލަތުގެ މާލިއްޔަތު ޤަވާއިދާއި އެއްގޮތްވާ ގޮތަށް ޙަރަދުކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުން.
  • ހެލްތް ޓްރަސްޓް ފަންޑަށް ފައިސާ ހޯދުމަށް ހިންގޭ ހަރަކާތްތައް ރަވާ ކޮމެޓީގެ މަޝްވަރާގެމަތިން އެހަރަކާތްތައް އިންތިޒާމްކޮށް ރާވާ ހިންގުން.
  • ހެލްތް ޓްރަސްޓް ފަންޑް މާކެޓްކޮށް ޕްރޮމޯޓްކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުމާއި އެކަމާއި ގުޅިގެން ގުޅުން ހުރި ފަރާތަކަށް ފޮނުވަންޖެހޭ ލިޔުންތައްތައްޔާރުކޮށް ފޮނުވުން.
  • ފަންޑަށް ފައިސާ ހޯދުމަށް ހިންގޭ ހަރަކާތްތަކުން އެއްކުރެވޭ ފައިސާއާއި އެކި ތަންތަނުގައި ބެހެއްޓިފައިވާ ފަންޑް ފޮށީގެ އަޕްޑޭޓްސްތައް ބަލަހައްޓާއި އެފޮށިތައް ގުނުމުގެ އިންތިޒާމްތައް ހަމަޖެއްސުން.

މަޤާމުގެ ޝަރުތުތައް

މެނޭޖްމަންޓް ނުވަތަ ފައިނޭންސް ގެ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން.

އިތުރު އިނާޔަތްތައް

އިތުރުގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

 

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1.ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއެދި ސިޓީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއްއަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ  ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ ވަޒީފާއަދާކުރިމުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 މެއި 2017 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރަށެވެ.

 

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

2017 ވަނަ އަހަރުގެ މެއި މަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ) ގައި.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014437 ނަންބަރު ފޯނަށެވެ.

 

 

 

 

                                                    

09 މޭ 2017
ހޯދާ