މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ގުޅީ ނަރުދަމާ ނިޡާމް ސާފުކޮށް މަރާމާތު ކުރުމަށް ބޭނުންވެއްޖެ

      

މާލެ އަތޮޅު ގުޅީ ކައުންސިލްގެ އިދާރާ

           ކ. ގުޅި                                           

          ދިވެހިރާއްޖެ

ކ. ގުޅީ ނަރުދަމާގެ ނިޡާމް ސާފުކޮށް މަރާމާތު ކުރުމަށްބޭނުން ވެއްޖެ

މިމައްސަކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލްގެ ނަމްބަރ (IUL)336/336/2017/05 ( 16 އެޕްރީލް 2017 )  އިޢްލާން ބާޠިލްކޮށް ، އަލުން ކ. ގުޅީ ނަރުދަމާނިޡާމް ސާފުކޮށް ، މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަންބޭނުން ވެއްޖެއެވެ.

ވީމާ ، ކ. ގުޅީ ނަރުދަމާގެ ނިޡާމްސާފުކޮށް،މަރާމާތު ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ،ޝަޢުޤުވެރިވެ ލައްވަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރެއްވުމަށް

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް

11 މެއި  2017 (ބުރާސްފަތި) ދުވަހުގެ 11:00  އަށް

16 މެއި 2017 ( އަންގާރަ ) ދުވަހުގެ 11:00 އަށް

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6640068 ނަމްބަރ ފޯނާއެވެ.

            ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

08 މޭ 2017
ހޯދާ