މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަށް ބޭނުންވާ ސޮފްޓްވެއަރ ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ސަރުކާރުން ފައްޓަވާފައިވާ "ނޭޝަނަލް ސިންގަލް ވިންޑޯ" ޕްރޮޖެކްޓްގައި ހިމެނޭ މުއައްސަސާތަކުގެ ތެރެއިން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ބޭނުންވާ ސޮފްޓްވެއަރ މިމިނިސްޓްރީގެ އީ.އައި.އެފް ޓިއަރ 1 ޕްރޮޖެކްޓުން ފަރުމާކޮށްދޭން ބޭނުންވާތީ ސޮފްޓްވެއަރ ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިމިނިސްޓްރީގެ އިޢުލާން ނަމްބަރ IUL)101-AF/1/2017/90) (24އެޕްރިލް 2017) ގެ އިޢުލާނަށް އެކަށީގެންވާ އަދަދެއްގެ ފަރާތުން ބިޑް ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

 

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރި ވެލައްވާ ފަރާތްތަކުން، 11 މެއި 2017 ވާ ބުރާސްފަތި ދުވަހު، މެންދުރު 13:00 ގައި މި މިނިސްޓްރީގެ (ވެލާނާގެ 11 ވަނަ ފަންގިފިލާ) ގައި ބާއްވާ މަޢުލޫމާތު ސެޝަންގައި ބައިވެރިވެވަޑައިގެން ދެއްވާ، މަޢުލޫމާތު ސާފުކުރުމަށް ދައުވަތު އަރުވަމެވެ. ބީލަމުގައި ބައިވެރިވެވޭނީ، މައުލޫމާތު ސެޝަންގައި ބައިވެރިވާ ފަރާތްތަކަށެވެ.

ބީލަމަށް ހުށަހަޅާ ޕްރޮޕޯސަލް ބަލައިގަތުމާއި، ހުޅުވުން އޮންނާނީ 18 މޭ 2017 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި،  މި މިނިސްޓްރީގެ (ވެލާނާގެ 11 ވަނަ ފަންގިފިލާ) ކޮންފަރެންސް ހޯލްގައެވެ. ބީލަމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ، މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ ގޮތަށް ލޭބަލް ކުރެވި،ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.  އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3333139 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ބީލަން ހުށަހަޅާނެގޮތުގެ އިތުރު މަޢުލޫމާތާއި، "އެޕްލިކޭޝަން ފޮރ ބިޑް ސަބްމިޝަން" އަދި މަސައްކަތުގެ ޓާމްސްއޮފް ރިފަރެންސް މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ.

 

                 12 ޝަޢުބާން1438

 

08 މޭ 2017
ހޯދާ