ހަނިމާދޫ ސްކޫލް، ހދ. ހަނިމާދޫ
ދިވެހިރާއްޖެ
ފައިބަރ އޮޕްޓިކް ކޭބަލް އެޅުމަށް ބޭނުންވެއްޖެ

މިސްކޫލާއި ހަނިމާދޫ ކައުންސިލް އިދާރާއާ ދެމެދު ކޯރުކޮނެ ފައިބަރ އޮޕްޓިކް ކޭބަލް އަޅައިދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ.

            ވީމާ، މިކަން ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2017 މެއި 11 ވަނަ ދުވަހުގެ 11:00 ށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 މެއި 17 ވަނަ ދުވަހުގެ 11:00ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ. 

            އަދި ދަންނަވަމެވެ. މިކަމަށް އެދި އަންދާސީ ހިސާބު ހުށަހަޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

            ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

            12 ޝަޢުބާން 1438

            08 މެއި 2017 

08 މޭ 2017
ހޯދާ