ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ވަޒީފާގެ ފުރުސަތު

ހިޔުމަން ރިސޯސް އޮފިސާރ ގްރޭޑް 3 – ބޭނުންވާ ޢަދަދު - 01

މުސާރަ: 6800.00ރ

ފުޑް އެލަވަންސް:1050.00ރ

ލިވިންގް އެލަވަންސް: 1000.00ރ

ސެޓްފިކެޓް އެލަވަންސް: 2720.00ރ

އެޓެންޑެންސް އެލަވަންސް: ދުވާލަކަށް 20.00ރ

މަސައްކަތް ކުރަންޖެހޭ ތަން:  ގުޅިފަޅު ހެޑް އޮފީސް

ޝަރުޠު: 

  • ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ފެންވަރުގެ ކޮލެޖެއް ނުވަތަ ޔުނިވަރސިޓީއަކުން ހިޔުމަން ރިސޯސް ނުވަތަ ބިސްނަސް އެޑްމިނިސްޓްރޭޝަން އާއި ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން.
  • އެސް.އެސް.ސީ އިމްތިހާނުން ދިވެހި އަދި އިސްލާމުން ދައްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
  • ހިޔުމަން ރިސޯސް ނުވަތަ ގުޅުން ހުރި ދާއިރާ އަކުން މަދުވެގެން 01 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ކުންފުނިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، މުވައްޒަފުންނާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ބެލެހެއްޓުން. މީގެ ތެރޭގައި މުވައްޒަފުންގެ ޙާޟިރީ، ޗުއްޓީ، މުސާރަ އަދި ޕާރސަނަލް ފައިސް ބެލެހެއްޓުން.
  • ކުންފުންޏަށް މުވައްޒަފުން ނެގުމަށްޓަކައި، އިޢުލާން ތައްޔާރު ކުރުމާއި، އިންޓަވިއުއަށް ބޭނުންވާނޭ ލިޔެކިޔުން ތައްޔާރު ކުރުމާއި، ވަޒީފާގެ އެއްބަސްވުމާއި، ވަޒީފާގެ ބަޔާން އަދި މިނޫނަސް ފުރިހަމަ ކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ފުރިހަމަ ކުރުން.
  • އެޑްމިން އަދި އެޗް.އާރު އިން ކުރާ އެހެނިހެން މަސައްކަތްތަކަށް އެއްބާރުލުން ދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ސިޓީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ  ސެޓްފިކެޓުތަކުގެ ކޮޕީ
  • ކުރީގައި ވަޒީފާ އަދާކޮއްފައިވާތަނުގެ ލިޔުން.
  • ސުންގަޑި: 15 މޭ 2017 ވަނަ ދުވަހުގެ 16:00 ގެ ކުރިން. (އޮފީސް ހުޅުވިފައި ހުންނާނީ ބަންދު ނޫން ކޮންމެ ދުވަހު 08:00 އިން 16:00 އަށެވެ.)
  • ހުށަހަޅަންވީ ތަން: ހ.ހުޅުގަލި ހަތަރުވަނަ ފަންގިފިލާ، ކަރަންކާ މަގު، މާލެ، ދިވެހިރާއްޖެ.

އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3016630 އަށް

އީމެއިލް އެޑްރެސް: [email protected]

08 މޭ 2017
ހޯދާ