ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ޑްރައިވަރެއް ބޭނުންވެއްޖެ

މަޤާމް :ޑްރައިވަރ
ބޭނުންވާ އަދަދު :1

 

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މިކުންފުނީގެ ނަންބަރު 60-އޭޑީއެމް/100/2017 އިޢުލާނަށް އެކަށީގެންވާ ކެނޑިޑޭޓުން ލިބިފައިނުވާތީ ތިރީގައި ދެންނެވިފައިވާ މަަޤާމަށް އެޕްލިކޭޝަން ފޯރމް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލަމެވެ.

މަޤާމް: ޑްރައިވަރ

ބޭނުންވާ އަދަދު: 01 (އެކެއް)

މުސާރަ: މަހަކު -/5000 ރުފިޔާ

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (3 މަސް ދުވަސް)

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ހުޅުމާލެ ފިހާރަ

އެހެނިހެން ޢިނާޔަތްތައް:

* އިތުރު އެލަވަންސް: މަހަކު -/1350 ރުފިޔާއާއި -/2400 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.

* ވަޒީފާއާ ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރި ކުރެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

* ކުންފުނީގެ ބޭނުމަށް ކުރަންޖެހޭ އެކިއެކި ދަތުރުތައް އޮފީހުން އަންގާ ގޮތެއްގެ މަތިން ކުރުން

* ކުންފުނިން ހަވާލުކޮށްފައިވާ ވެހިކަލަކަށް ގެއްލުމެއް ލިބި ނުވަތަ މަރާމާތެއް ކުރަން ދިމާވެއްޖެނަމަ، ހަމަޖެހިފައިވާ ގޮތެއްގެ މަތިން އެ އުޅަނދު މަރާމާތުކުރުމުގެ ކަންކަން ކަމާބެހޭ އިސް މުވައްޒަފާ ގުޅިގެން ކުރުން

* ހަވާލުކުރެވިފައިވާ އުޅަނދު ފޮޅައި ސާފުކޮށް ބެލެހެއްޓުން

* ހަވާލުކޮށްފައިވާ ވެހިކަލްގެ މެއިންޓެނަންސް ބެލެހެއްޓުން

* ވެހިކަލް ދުއްވުމަށް ހަމަޖެހިފައިވާ ޤާނޫނާ ގަވާއިދުން ވެހިކަލް ދުއްވުމާއި، ޕާކު ކުރުން

ތަޢުލީމާއި ތަޖުރިބާ:

* ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ އިގިރޭސި ބަހާއި ދިވެހި ބަސް ލިޔަން ކިޔަން އެނގުން.

* V1, Co, C2, C1, B2, B1  އަދި  E  ކެޓަގަރީގެ ޑްރައިވިންގ ލައިސަންސް އޮތުން

* ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ޞިއްޙަތު ރަނގަޅު މީހެއް ކަމުގައިވުން

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 މޭ 11 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯ ހުޅުމާލެ ފިހާރައިންނާއި އެސްޓީއޯގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެސްޓީއޯގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ.               

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މިމަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސްލިބޭ ފަރާތެކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ. 

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ، ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344272     ފެކްސް: 3344041   

ނުވަތަ:

އެސްޓީއޯ ހުޅުމާލެ ފިހާރަ

ބަގީޗާ ހިނގުން ، ކ. ހުޅުމާލެ

ފޯން:3012647.

 

04 މޭ 2017

04 މޭ 2017
ހޯދާ