އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓެއް ހޯދަން ބޭނުންވެއްޖެ

 

އެންޓިކޮރަޕްޝަން ކޮމިޝަން

މާލެ،

ދިވެހިރާއްޖެ

 

 

 

ވަޒީފާގެ ފުރުޞަތު

ތާރީޚް:

12 ޝަޢުބާން 1438

08 މެއި 2017

ނަންބަރު:

123-A/IUL//2017/10

 

މަޤާމް

އޮފީސް އެސިސްޓެންޓް ގްރޭޑް 1

ބޭނުންވާ ޢަދަދު

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން

އެންޓި-ކޮރަޕްޝަން ކޮމިޝަން (ސަދަން ރީޖަނަލް އޮފީސް، ސ.ހިތަދޫ)

މަސައްކަތްކުރަންޖެހޭ ސެކްޝަން

އިދާރީ ސެކްޝަން

މުސާރައާއި ޢިނާޔަތްތައް

1.       މުސާރަ: 5000/-ރުފިޔާ

2.       ޑެއިލީ އެލަވަންސް : 138/-  ރުފިޔާ

ޝަރުޠު

1.       އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.

2.       ގްރޭޑް ދިހައެއް ނިންމާފައިވުން.

3    .އުމުރުން 50 އަހަރު ވެފައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު

އޮފީސް ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރުމުގައި އެހީތެރިވުމާއި، އޮފީހުން އެކިފަރާތަތަކަށް ޙަވާލުކުރަންޖެހޭ ސިޓީއާއި، މެސެޖް އަދި ޗިޓްފަދަތަކެތި  އެފަރާތްތަކަށް ރައްދުކުރުން.

ހުށަހަހަޅަންޖެހޭ ލިޔުންތައް

1.       ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

2.       ސްކޫލް ލީވިންގ ސެޓްފިކެޓްގެ އެޓެސްޓެޑް ކޮޕީ

3.       ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓެސްޓެޑް ކޮޕީ

4.       ވަޒީފާއަށް ކުރިމަތިލާ ފަރާތުގެވަނަވަރު.

5.       މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުމެއް.

6.        އައިޑީ ކާޑްގެ ފޮޓޯކޮޕީ.

7.       ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާއަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

8.       އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ކޮޕީ

ސުންގަޑި

 18 މެއި 2017ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން

އިތުރު މަޢުލޫމާތު

1.       އެޕްލިކޭޝަން ފޯމް ހުށަހަޅަން ޖެހޭނީ ހުރަވީ ބިލްޑިންގގެ ދެވަނަ ފަންގިފިލާގައި ހުންނަ މިކޮމިޝަނުގެ ކައުންޓަރަށް ނުވަތަ ކޮމިޝަންގެ ސަދަން ރީޖަނަލް އޮފީހުގެ ކައުންޓަރަށެވެ.

2.       އެޕްލިކޭޝަން ފޯމް އޮންލައިން ކޮށް ނުވަތަ އީ-މެއިލް މެދުވެރިކޮށް ހުށަނޭޅޭނެއެވެ.

3.       އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވިފައިވާ ކެންޑިޑޭޓުންނަށެވެ.

4.       އިންޓަރވިއުއަށް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ މަޢުލޫމާތު، ޝޯޓްލިސްޓްކޮށް ނިމުމުން ކޮމިޝަންގެ ވެބްސައިޓްގައި ޝާއިޢު ކުރާނެއެވެ.

5.       ވަޒީފާއަށް އެދޭ ފޯމް މިކޮމިޝަނުގެ ކައުންޓަރުންނާއި، ސަދަން ރީޖަނަލް އޮފީހުގެ ކައުންޓަރުން އަދި، މިކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

6.       މަޢުލޫމާތު ފުރިހަމަނުވެ ހުންނަ ފޯމާއި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެއެވެ.

7.       ފޯމް ބަލައިގަތުމަށްފަހުގައިވެސް ސައްޙަނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުޠުހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެފޯމެއް ބާޠިލްކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯނު ނަންބަރު: 3015217 / 3015200

ފެކްސް ނަންބަރު: 3317182

އީމެއިލް: [email protected]

 

08 މޭ 2017
ހޯދާ