ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ ބޭނުމަށް 40 ޓަނުގެ މުދާ އުފުލާ ދޯންޏެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

 

                                                                        ނަންބަރު:H-2017/89A

 

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުނީގެ ބޭނުމަށް 40 ޓަނުގެ މުދާ އުފުލާ ދޯންޏެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ކުންފުނީގެ ބޭނުމަށް 40 ޓަނުގެ މުދާ އުފުލާ ދޯންޏެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާން ނަންބަރު:H-2017/89 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީވެ އެއިޢުލާން ބާޠިލުކޮށް އަލުން މިމަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ.

މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވާ މުއްދަތުގެ ތެރޭގައި 100.00 ޔޫ.އެސް ޑޮލަރު ނުވަތަ 1542.00 ރުފިޔާއަށް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، ތިރީގައިވާ ތާވަލުގައިވާ ގަޑިއަށް ސްޓެލްކޯ ހެޑް އޮފީސް އިމާރާތުގެ 2 ވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރިއަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ.

ޓެންޑާރގެ ތާވަލް:

 

ދުވަސް

ވަގުތު

ފައިސާ ބަލައިގަތުން

2017 މޭ 07 އިން 2017 މޭ 14 އަށް

09:00 އިން 15:00 އަށް

ޑޮކިޔުމަންޓް ދޫކުރުން

2017 މޭ 07 އިން 2017 މޭ 14 އަށްްް

09:00 އިން 15:00 އަށް

މަޢުލޫމާތު ދިނުން

2017 މޭ 14 ވާ (އާދިއްތަ)

11:30 ގައި

އަގު ހުށަހެޅުން

2017 މޭ 17 ވާ (ބުދަ)

10:30 ގައި

 

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 30,000.00ރ. (ތިރީސްހާސް) ރުފިޔާ ނުވަތަ 1,946.00 (ނަވާރަ ސަތޭކަ ސާޅީސްހަ ޑޮލަރު) ޔޫ.އެސް ޑޮލަރު ހުށަހަޅަންވާނެއެެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާއި އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ ބޭންކް ގެރެންޓީ ދީފައިވާ ޗެކެކެވެ. މި މަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 90 (ނުވަދިހަ) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މި މަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 30 (ތިރީސް) ދުވަސް އިތުރުވާންވާނެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން ތާވަލްގައިވާ ގޮތަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް އަދި އަގު ހުށައެޅުމަށް ސްޓެލްކޯ ހެޑް އޮފީސް އިމާރާތުގެ 2 ވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރިއަށް ވަޑައިގެން ބީލަން ހުށަހެޅުށްވުން ޢެދެމެވެ.

11 ޝައުބާން 1438

ނޯޓް:

  • މި އިޢުލާނާގުޅިގެން ބިޑް ކުރައްވާ ފަރާތްތަކުން މިކުންފުނީގެ ވެބް ސައިޓް www.stelco.com.mv   ގައި ޝާއިއުކުރެވިފައިވާ "ޓާމްސް އެންޑް ކޮންޑިޝަންސް" ގައި ބަޔާންކުރެވިފައިވާ ކަންތައްތަކަށް ސަމާލުކަންދެއްވައި ބިޑްކުރައްވާ އިރު އެކަންތައްތައް ފުރިހަމަކުރައްވަންވާނެއެވެ.

 

  • ދައުލަތުގެ މާލިއްޔަތު ޤަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް ދިމާވާނަމަ، އެމާއްދާގައި ބުނާފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338121 / 3338156 / 3338122 ނަންބަރު ފޯނާއެވެ.  އަދި އީމެއިލް ކުރަށްވާނީ [email protected] މި އެޑްރެހަށެވެ.
 

07-05-2017

07 މޭ 2017
ހޯދާ