މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
ޑިރެކްޓަރ

މަޤާމް: ޑިރެކްޓަރ
މަޤާމުގެ ނަންބަރު: J-232129
ބޭނުންވާ އަދަދު: 1
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އީ. އެކްސް. 1
މަޤާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ
ސެކްޝަން: ފައިނޭންސް އެންޑް ފެސިލިޓީސް ޑިވިޜަން
މަޤާމް އޮތް އޮފީސް: މޯލްޑިވްސް ޕޮލިޓެކްނިކް
ވަޒީފާ އަދާކުރަން ޖެހޭ ތަން: މޯލްޑިވްސް ޕޮލިޓެކްނިކް/ މާލެ
މުސާރަ: 8,835 ރުފިޔާ
ސަރވިސް އެލެވަންސް: 2,000 ރުފިޔާ
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 1-      މޯލްޑިވްސް ޕޮލިޓެކްނިކްގެ އަހަރީ ބަޖެޓް އޮފީހުގެ ވެރިންގެ މަޝްވަރާއާއިއެކު ކަމާއި ގުޅޭ އިދާރާތަކުގެ އިރުޝާދުތަކާއި އެއްގޮތަށް ކަނޑައެޅޭ ސުންގަނޑީގެ ކުރިން ފުރިހަމަކޮށް ނިންމުން.
2-      މާލިއްޔަތުޤާނޫނާއި ގަވައިދުތަކާއި އެއްގޮތަށް ފައިސާއާއި ބެހޭ އެންމެހާ ލިޔެކިޔުންތަށް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.
3-      މޯލްޑިވްސް ޕޮލިޓެކްނިކުން ހޯދާޙިދުމަތް ތަކުގެ ބިލްތައް މާލިއްޔަތު ގާނޫނާއި އަދި ގަވައިދުތަކާއި އެއްގޮތައް އަދާކުރުން.
4-      މޯލްޑިވްސް ޕޮލިޓެކްނިކްގައި ކިޔަވައި ދިނުމަށް ބޭނުންވާ ތަކެއްޗާއި އޮފީސް ހިންގުމަށް ބޭނުންވާ ތަކެތި ޙިދުމަތަށް ބުރޫ ނާރަނެ ގޮތަށް ހޯދުން. 
5-      މޯލްޑިވްސް ޕޮލިޓެކްނިކްގެ މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން ބަޖެޓާއި ގުޅުން ހުރި ހަރަކާތްތައް އަވަސް ގޮތަކަށްކުރުމަށް އިސްކަންދިނުން.
6-      މޯލްޑިވްސް ޕޮލިޓެކްނިކަށް ހޯދޭ ތަކެތި ހޯދޭނީ މާލިއްޔަތު ގާނޫނު އަދި ގަވާއިދުތަކާއި އެއްގޮތަށްތޯ ކަށަވަރުކުރުން.
7-      މޯލްޑިވްސް ޕޮލިޓެކްނިކަށް ބޭނުންވާ މެޝިނަރީސް، ކޮންޒިއުމަބަލް ފަދަ ތަކެތި ހޯދުމުގައި މާލިއްޔަތު ޤާނޫނާއި ގަވައިދުތަކާއި އެއްގޮތަށް ކިޔަވައި ދިނުމަށް ބުރޫ ނާރާ ގޮތަށް ހޯދައިދިނުން.
8-      ބަޖެޓާއި ގުޅުންހުރި ޙިދުމަތްތައް ހޯދުމުގައި އެހެނިހެން އިދާރާތަކުގެ ހުއްދަ ހޯދަން ޖެހޭތިވެ، އެފަދަ ހުއްދަ ހޯދެއްވުމުގައި ކަމާ ގުޅުންހުރި ފަރާތްތަކާއި ގުޅުއްވައިގެން ޙިދުމަތް އަވަސް ކުރުން.
9-      ދަޢުލަތަށްލިބޭ އާމްދަނީ މާލިއްޔަތު ގާނޫނާއި ގަވައިދުތަކާއި އަދި ގުޅުންހުރި އިދާރާތަކުގެ ސާކިއުލާރ ތަކާއި އެންގުންތަކާއި އެއްގޮތަށް ޖަމާކުރުން.
10-  ސެކްޝަންގެ މުވައްޒަފުންނާއި ހަވާލުކުރަންޖެހޭ މަސައްކަތްތައް ހަވާލުކުރުމާއި، ކަނޑައެޅޭ ޝެޑިއުލް އާއި އެއްގޮތައް މަސައްކަތްކުރިއަށްދޭތޯ ޗެކްކޮށް ކަށަވަރުކުރުން.
11-  ސެކްޝަންގެ މުވައްޒަފުންގެ ތެރެއިން މަސައްކަތަށް ފަރުވާ ކުޑަކުރާ މުވައްޒަފުންނަށް ސިވިލް ސާރވިސްގެ އުސޫލުތަކާއި އެއްގޮތަށް ފިޔަވަޅުއެޅުން. 
12-  އޮފީހުގެ އެހެނިހެންސެކްޝަން ތަކަށް ހޯދަންޖެހޭ އެހީތެރިކަން ވަގުތަށް ފޯރުކޮށްދިނުން.
13-  ބަޖެޓާއި ގުލޭ ރިޕޯޓްތަކާއި މޯލްޑިވްސް ޕޮލިޓެކްނިކަށް ލިބޭ އާމްދަނީ ރިޕޯޓްތައް ގުޅުންހުރި އިދާރާތަކުން އަންގާ ގޮތެއްގެ މަތިން އެ އިދާރާތަކަށް ލަސްނުކޮށް ފޮނުވުން.
14-  މޯލްޑިވްސް ޕޮލިޓެކްނިކްގެ ވެރިންނާއި މުވައްޒަފަކުން ކުރާ ދަތުރުތަކަށް ކަނޑައަޅާ ޝެޑިއުލްތަކާއި އެއްގޮތަށް އިންތިޒާމްކޮށް، ދަތުރު ރިޕޯޓްތައް އެފަރާތްތަކުން ހޯދޭކަން ކަށަވަރުކުރުން.
15-  މޯލްޑިވްސް ޕޮލިޓެކްނިކްގެ ތިޖޫރީ ބެލެހެއްޓުންމުގެ އިންތިޒާމް ހަމަޖައްސައި، ތިޖޫރީ ބަލަހައްޓަމުންދަނީ ރަނގަޅައްތޯ ކަށަވަރުކުރުން.
16-  އޮފީހަށްބޭންވާ ޙިދުމަތަތަށް ހޯދުމުގެ އިންތިޒާމްތަށް ހަމަޖައްސުމާއި، އެފައިސާ ޙަރަދު ކުރެވޭނީ މާލިއްޔަރު ގާނޫނާއި ގަވައިދުތަކާއި އެއްގޮތަށްތޯ ކަށަވަރުކުރުން.
17-  މުވައްޒަފުންގެ މުސާރައާއި ނަގުދު ފައިސާ ހޯދުމުގެ އިންތިޒާމް ހަމަޖެއްސުމާއި، އެފައިސާ ޙަރަދު ކުރެވެނީ މާލިއްޔަތު ގާނޫނާއި ގަވާއިދުތަކާއި އެއްގޮތަށްތޯ ކަށަވަރުކުރުން.
18-  އޮފީހަށް ބޭނުންވާ ޙިދުމަތްތަށް ހޯދުމުގެ އިންތިޒާމްތަށް ހަމަޖެއްސުމާއި، ޙިދުމަތްތަކުގެބިލް ޙިދުމަތްތަކަށް ބުރޫނާރާގޮތަށް އަދާކުރވޭކަން ކަށަވަރުކުރުން.
19-  އޮފީހުގެ ވެރިން އަންގާ ރަސްމީ މަސައްކަތް ކުރުން.
މަޤާމުގެ ޝަރުޠުތައް: 1-     އެކައުންޓިން އެންޑް ފައިނޭންސް /އެކައުންޓް/ ފައިނޭންސް ދާއިރާއަކުން ދަށްވެގެން  ދިވެހިރާއްޖޭގެގައުމީ ސަނަދުތަކުގެއޮނިގަނޑުގެ  ލެވެލް5ގެސަނަދެއް ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
2-     އެކައުންޓިން އެންޑް ފައިނޭންސް /އެކައުންޓް/ ފައިނޭންސް ދާއިރާއަކުން ދަށްވެގެން  ދިވެހިރާއްޖޭގެގައުމީ ސަނަދުތަކުގެއޮނިގަނޑުގެ  ލެވެލް6ގެސަނަދެއް ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
3-     އެކައުންޓިން އެންޑް ފައިނޭންސް /އެކައުންޓް/ ފައިނޭންސް ދާއިރާއަކުން ދަށްވެގެން  ދިވެހިރާއްޖޭގެގައުމީ ސަނަދުތަކުގެއޮނިގަނޑުގެ  ލެވެލް7ގެސަނަދެއް ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: ·         ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން
·         މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
·         ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
·         ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބަލައިގެން.
·         މީގެ އިތުރުން ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.
ހުށަހަޅަންޖެހޭ ލިޔުންތައް: 1.     ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު 
2.     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
3.     ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 
4.     ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
5.     ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
6.     ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
7.     ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
8.     މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
(ހ)ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: ވަޒީފާއަށް އެދޭ ފޯމު މޯލްޑިވްސް ޕޮލިޓެކްނިކްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.polytechnic.edu.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 މެއި 2017 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން، މޯލްޑިވްސް ޕޮލިޓެކްނިކް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. ފެކްސް ނަންބަރަކީ، 3320701 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. 
   
އިންޓަވިއު އާއި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު: މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި ޕްރެޒެންޓޭޝަން  އޮންނާނީ،  15 މެއި 2017  އާއި 24 މެއި 2017  އާ ދެމެދު، މޯލްޑިވްސް ޕޮލިޓެކްނިކް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
ޝޯޓް ލިސްޓްކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ  މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޕޮއިންޓުގެ ޖުމްލަ އިންސައްތަ، %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ. 
އިތުރު މަޢުލޫމާތު ހޯދުން:   މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3305401 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކ3320701 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
08 މޭ 2017
ހޯދާ