މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮންސަލްޓަންޓެން ހޯދުމަށް ބޭނުންވެއްޖެ

އިޢުލާން

 

ކޯޑިންގ ޕްރޮގްރާމް ހިންގުމަށް ބޭނުންވާ ލޯކަލް ކޮންސަލްޓަންޓެއް 01 އަހަރު ދުވަހަށް ހޯދުމަށް ކުރެވުނު IUL)22-PU/1/2017/155) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކޮށްފައިވަނީ ދެފަރާތުން ކަމަށްވާތީ، އެއިޢުލާން ބާތިލް ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

2017 މެއި 08 ވަނަ ދުވަހުގެ 10:00 ށް

2017 މެއި 11 ވަނަ ދުވަހުގެ 10:00 ށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341493, 3341396  ނަމްބަރ ފޯނާއެވެ.

04 މޭ 2017
ހޯދާ