ދިވެހިރާއްޖެ
ސ.ހިތަދޫގައި އެޖެންސީ ޕޯސްޓް އޮފީހެއް ހިންގައިދޭނެ ފަރާތެއް ބޭނުންވެއްޖެ.
މަސައްކަތް |
މި ކުންފުނިން ކަނޑައަޅާ އުސޫލުތަކާއި މިންގަޑުތަކާ އެއްގޮތަށް ސ. ހިތަދޫގައި އެޖެންސީ ޕޯސްޓު އޮފީހެއް ހިންގައިދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުވެރިވެ ވަޑައިގަންނަވާ ފަރާތް ތަކަށް ބާއްވާ މަޢުލޫމާތު ސެޝަނެއް 10 މެއި 2017ވާ ބުދަ ދުވަހުގެ 14:30ގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 5 ވަނަ ފަންގިފިލާގައި އޮންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 މެއި 2017ވާ ބުދަ ދުވަހުގެ 14:00އަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
- ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް އަދި ސެޓުފިކެޓު އޮފް ރެޖިސްޓްރޭޝަންގެ ކޮޕީ - އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ - ޖީއެސްޓީ އަށް ރަޖިސްޓްރީ ކޮށްފައިވާ ސެޓްފިކެޓު އޮފް ރެޖިސްޓްރޭޝަނުގެ ކޮޕީ - ހުޅަހެޅިފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ. - އިތުރު ސަޕޯޓިންގ ލިޔުމެއް ވާނަމަ ހުށަހެޅުން - |
ޕްރޮޕޯސަލް ހުޅަހެޅުން: |
އަންދާސީ ހިސާބު 17 މެއި 2017ވާ ބުދަ ދުވަހުގެ 14:00އަށް މިއޮފީހަށް ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުޅަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި " ސ.ހިތަދޫގައި އެޖެންސީ ޕޯސްޓް ހިންގައި ދިނުމަށް އެދި" ލިޔެފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ. އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސެޝަނަށް ހާޟިރުވެވަޑައިގަންނަވާ ފަރާތްތަކަށެވެ.
|
ލިޔެކިއުން ހުށަހަޅަން ޖެހޭ ތަން: |
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް އެޑްމިނިސްޓްރޭޝަން އެންޑް ހިއުމަން ރިސޯސަސް ސެކްޝަން މާލެ، ދިވެހި ރާއްޖެ
|
އިތުރު މަޢުލޫމާތު: |
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ، 3009,212- 3009,213- 3009,214ނަންބަރު ނުވަތަ 3009,211 ނަންބަރު ގުޅުއްވުން އެދެމެވެ.
|