ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ.
މަސައްކަތް |
މިކުންފުންޏަށް މިނީ ވޭނެއް ގަންނަން ކުރި ނަންބަރުADMHR-MPL/2017/24 (08 ފެބްރުއަރީ 2017) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ އަގުބޮޑު ކަމަށް ފެންނާތީ މިއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. މިއީ އިންޓަރނޭޝަނަލް ބިޑަކަށްވާތީ ކަމާބެހޭ މަޢުލޫމާތު ތިރީގައި މިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ. ބިޑްހުށަހަޅުއްވަންޖެހޭ އެންމެ ފަހު ތާރީޚަކީ 18 މެއި 2017އެވެ. އަދި ބިޑްހުށަހަޅާނީ ޕޯސްޓް ބިލްޑިންގ ގެ 3 ވަނަ ފަންގިފިލާއަށް އެދުވަހުގެ 15:00ގެ ކުރިންނެވެ.
http://www.upu.int/en/activities/quality-of-service-fund/call-for-tenders.html މިބިޑަށް މާރކްސްދެވޭނެ މިންގަޑުތައް: އަގު: %50 މުއްދަތު: %25 ތަޖްރިބާ: %25
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
- ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް އަދި ސެޓުފިކެޓު އޮފް ރެޖިސްޓްރޭޝަންގެ ކޮޕީ - އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ - ޖީއެސްޓީ އަށް ރަޖިސްޓްރީ ކޮށްފައިވާ ސެޓްފިކެޓު އޮފް ރެޖިސްޓްރޭޝަނުގެ ކޮޕީ - އިތުރު ސަޕޯޓިންގ ލިޔުމެއް ވާނަމަ ހުށަހެޅުން - ތަޖުރިބާއަށް މާކްސް ދިނުމުގައި ބެލެވޭނީ މިފަދަ މަސައްކަތްތައް އެހެން އޮފީސް ތަކުގައި ކޮށްފައިވާ ގޮތާ ގުޅޭގޮތުން އެއޮފީހަކުން ދީފައިވާ ރިކޮމެންޑޭޝަން ސިޓީ ފަދަ ލިޔުންތަކަށެވެ.
|
އަންދާސީ ހިސާބު ހުޅަހެޅުން: |
އަންދާސީ ހިސާބު 18 މެއި 2017ވާ ބުރާސްފަތި ދުވަހު މިއޮފީހަށް ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުޅަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި " މިނީ ވޭނެއް ގަތުމާއި ބެހޭ" ލިޔެފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.
|
ލިޔެކިއުން ހުށަހަޅަން ޖެހޭ ތަން: |
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް އެޑްމިނިސްޓްރޭޝަން އެންޑް ހިއުމަން ރިސޯސަސް ސެކްޝަން މާލެ، ދިވެހި ރާއްޖެ
|
އިތުރު މަޢުލޫމާތު: |
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3009،270 އާ ގުޅުއްވުން އެދެމެވެ. |