މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
ނޯޓިސްބޯޑުގެ ކަރަންޓްވައިރު މަރާމާތުކުރުމާއި ދޮންނަ މެޝިން ބަހައްޓާނެ ސްޓޭންޑެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

30 އޭޕްރިލް 2017 ގައި ކުރެވުނު ނަންބަރ GS78/IULAAN/2017/5 އިޢުލާނަށް އެއްވެސްފަރާތަކުން މައުލޫމާތުސާފުކުރަށް ހާޒިރުނުވުމާއި ގުޅިގެން އެއިޢުލާން ބާތިލްކޮށް އަލުން މިމަސައްކަތަށް އިޢުލާންކުރަމެވެ.

ހއ.ކެލާ މަދްރަސަތުއްޝައިޚު އިބްރާހީމުގެ ނޯޓިސްބޯޑު ކަރަންޓްވައިރު މަރާމާތުކުރުމާއި ދޮންނަ މެޝިން ބަހައްޓާނެ ސްޓޭންޑެއް ތައްޔާރުކޮށްދޭނެ، ފަރާތެއް ހޯދަށް ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި އެހެން ފަރާތެއް ފޮނުއްވާނަމަ އެކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ފޮނުއްވާ ފަރާތެއްގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި މީގެއިތުރުން މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށް ބައިވެރިވެވޭނީ ކޮންމެވެސް އެންހައިސިއްޔަތަކުންނެވެ. މަޢުލޫމާތުސާފްކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ މިބައްދަލުވުން ނިމުމުގެ ކުރިން ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ. މިއީމިކަމަށް ކުރެވޭ ދެވަނަ އިޢުލާން ކަމުގައި ދަންނަވަމެވެ.

 މަޢުލޫމާތު ސާފުކުރުން ފެށޭގަޑި

އަންދާސީހިސާބު ހުށަހެޅުމަށް

7 މެއި 2017 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:30

10 މެއި 2017 ވާ ބުދަ ދުވަހުގެ މެންދުރު 13:30

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ މިމަދަރުސާގެ އޭވީރޫމްގައެވެ.

 


އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500097 ނަންބަރު ފޯނާއެވެ.

02 މޭ 2017
ހޯދާ