އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
ކުލާސްރޫމް ތަކުގައި ސްޕީކަރ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ނަންބަރ:   AS-B/IU/2017/25

އިޢުލާން

 

ކުލާސްރޫމް ތަކުގައި ސްޕީކަރ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

           މި ސްކޫލުގެ ނަންބަރ AS-B/IU/2017/24  (10 އެޕްރީލް 2017)  ޑަބްލިޔު ބުލޮކް ކްލާސްރޫމް ތަކުގައި ސްޕީކަރ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނަށް ހުށައެޅި އަންދާސީ ހިސާބު ތަކުގައި، އަންދާސީ ހިސާބާއެކު ކޮންމެހެން ހުށައަޅަން ޖެހޭ ލިޔުންތައް ހުށައަޅާފައި ނުވާތީ އެ އިޢުލާން ބާތިލު ކުރަމެވެ. އަދި އެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

             ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

8 މެއި 2017 (ހޯމަ)  ދުވަހުގެ 11:00 އަށް

15 މެއި 2017 (ހޯމަ) ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 3325762, 3321346 ނަންބަރު ފޯނާއެވެ.              މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ (ޤާނޫނު ނަމްބަރު: 2014/18) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

6 ޝަޢުބާން  1438

2 މެއި 2017

02 މޭ 2017
ހޯދާ