ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ނ. ގޮފި ހިންގަމުންގެންދާ ޢިމާރާތް ފޮޅާ ސާފުކުރުން

ނަންބަރު: IUL)196-C/1/2017/27)

އިޢުލާން

 

މިއޮފީހުގެ ނ.ގޮފި ހިންގަމުންދާ އިމާރާތާއި އިމާރާތުގެ ގޯތިތެރެ ފޮޅާ ސާފުކުރުމާއި އެހެނިހެން މަސައްކަތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2017 މޭ 10 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 އަށް މިއޮފީހުގެ ނ.ގޮތްޕަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 މޭ 17 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 އަށް އަންދާސީ ހިސާބު، މިއޮފީހުގެ ނ.ގޮތްޕަށް ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތްވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

މިއޮފީހުގެ ނ.ގޮފި ހިންގަމުންދަނީ ނ. އަތޮޅު ކައުންސިލްގެ އިދާރާގެ އިމާރާތުގެ ތެރޭގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003287 އަދި ނ.ގޮފީގެ ނަންބަރު: 6560024 ފޯނާ ގުޅުއްވުން އެދެމެވެ.

08 ޝަޢުބާން 1438

02 މޭ 2017
ހޯދާ