މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ގްރެޖުއޭޝަން ގައުން ފަހައިދޭނޭ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

 

ގްރެޖުއޭޝަން ގައުން ފަހައިދޭނޭ ފަރާތެއް ބޭނުންވެއްޖެ

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނެޝަނަލް އިންސްޓިއުޓް އޮފް އެޑިޔުކޭޝަންގެ ބޭނުމަށް ގްރެޖުއޭޝަން ގައުން ފަހައިދޭނޭ ފަރާތެއް ބޭނުންވެއްޖެއެވެ.

މަޢުލޫމާތު ސާފުކުރުން:

މައުލޫމާތު ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 4 މެއި 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މީޓިންގް ރޫމް 1 (9 ވަނަ ފަންގިފލާ، ވެލާނާގެ) ގައެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަކަށް ހަމަޖެހިފައެއް ނުވެއެވެ.                                             

   

އަންދާސީ ހިސާބުގައި ހިމަނަންޖެހޭ މަޢުލޫމާތު:  

ގްރެޖުއޭޝަން ގައުން ސަޕްލައިކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އަގު ހުށައެޅުމަށް އެކަމަށް ޚާއްސަކުރެވިފައިވާ ބިޑް ފޯމު ފުރިހަމަކުރުމަށްފަހު، ހުށައަޅަން ވާނެއެވެ. މީގެ އިތުރުން ބޭނުންވާ ތަފްޞީލް މަޢުލޫމާތު ކަރުދާހުގައި ހިމެނޭނެއެވެ. މި ލިޔުންތައް  ހޯދުމަށް އެދި [email protected]  ނުވަތަ [email protected]  އަށް އީމެއިލްކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ބިޑް ފޯމު ފުރިހަމަކޮށް ހުށަނާޅާ ފަރާތްތަކުގެ ބިޑްތައް ބަލައެއް ނުގަނެވޭނެއެވެ.

 

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކުރައްވާފައެވެ.

ޕްރޮޖެކްޓް ކޯޑިނޭޓަރ

ކޯޑިނޭޝަން ސަޕޯޓް ޔުނިޓް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

އިޢުލާން ނަންބަރ:  

 

ބިޑް ހުޅުވުން:

އަންދާސީ ހިސާބު ހުޅުވުމަށް ހަމަޖެހިފައިވަނީ 9 މެއި 2017 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މީޓިންގ ރޫމް 1 (9 ވަނަ ފަންގިފލާ، ވެލާނާގެ) ގައެވެ. މިގަޑީގެ ފަހުން ހުށައަޅާ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ. އަދި ބިޑް ފޯމު ފުރިހަމަކޮށް ހުށަނާޅާ ފަރާތްތަކުގެ ބިޑްތައް ބަލައެއް ނުގަނެވޭނެއެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3341316، 3341318 ނަންބަރު ފޯނަށެވެ. ނުވަތަ އީމެއިލް ކުރައްވާނީ: [email protected]  ނުވަތަ [email protected] އީމެއިލް އެޑްރެހަށެވެ.    

4 ޝަޢުބާން 1438 

30 އޭޕްރިލް 2017
ހޯދާ