ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އައްޑޫ ގޮފި ހިންގަމުންގެންދާ ޢިމާރާތް މަރާމާތު ކުރުން

                     ނަންބަރު:IUL)196-C/1/2017/26)

އިޢުލާން

 

މި އޮފީހުންދޭ މަޢުލޫމާތާ އެއްގޮތަށް މިއޮފީހުގެ އައްޑޫ ގޮފި ހިންގަމުންގެންދާ ޢިމާރާތް މަރާމާތު ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2017 މޭ 07 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް މިއޮފީހުގެ އައްޑޫ ގޮތްޕަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 މޭ 14 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީ ހިސާބު، މިއޮފީހުގެ އައްޑޫ ގޮތްޕަށް ހުށަހެޅުއްވުން އެދެމެވެ.

 

މިއޮފީހުގެ އައްޑޫ ގޮފި ހިނގަމުންދަނީ ރީތިފެހިގެ (އެޅެދީދީމަގު/ އައްޑޫ ސިޓީ ހިތަދޫ) ޢިމާރާތުގެ ތެރޭގައެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތުދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް މިއޮފީހުގެ ނަންބަރު 6888745 / 3003291 ގުޅުވުންއެދެމެވެ.

04 ޝަޢުބާން 1438

30 އޭޕްރިލް 2017
ހޯދާ