މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
ސްކޫލް ނޯޓިސްބޯޑް ކަރަންޓްވައިރު މަރާމާތު ކުރުމާއި ދޮންނަމެޝިން ބަހައްޓާނެ ސްޓޭންޑެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

ނޯޓިސްބޯޑު ކަރަންޓްވައިރު މަރާމާތުކުރުމާއި ދޮންނަ މެޝިން ބަހައްޓާނެ ސްޓޭންޑެއް ތައްޔާރުކޮށްދޭނެ، ފަރާތެއް ހޯދުން.

 

           ހއ.ކެލާ މަދްރަސަތުއްޝައިޚު އިބްރާހީމުގެ ނޯޓިސްބޯޑު ކަރަންޓްވައިރު މަރާމާތުކުރުމާއި ދޮންނަ މެޝިން ބަހައްޓާނެ ސްޓޭންޑެއް  ތައްޔާރުކޮށްދޭނެ، ފަރާތެއް ހޯދަށް ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި އެހެން ފަރާތެއް ފޮނުއްވާނަމަ އެކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ފޮނުއްވާ ފަރާތެއްގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި މީގެއިތުރުން މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށް ބައިވެރިވެވޭނީ ކޮންމެވެސް އެންހައިސިއްޔަތަކުންނެވެ.  މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ މިބައްދަލުވުން ނިމުމުގެ ކުރިން ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ. މިއީމިކަމަށް ކުރެވޭ އެއްވަނަ އިޢުލާން ކަމުގައި ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން ފެށޭގަޑި

އަންދާސީހިސާބު ހުށަހެޅުމަށް

2 މެއި 2017 ވާ އަންގާރަ ދުވަހުގެ މެންދުރު 13:30

9 މެއި 2017 ވާ އަންގާރަ ދުވަހުގެ މެންދުރު 13:30

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ މިމަދަރުސާގެ އޭވީރޫމްގައެވެ.

 


އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500097 ނަންބަރު ފޯނާއެވެ.

 

 

30 އޭޕްރިލް 2017

30 އޭޕްރިލް 2017
ހޯދާ