ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެސިސްޓަންޓް ޑިރެކްޓަރ

މަޤާމް :އެސިސްޓަންޓް ޑިރެކްޓަރ
ބޭނުންވާ އަދަދު :1

މަޤާމު:

އެސިސްޓަންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު:

01

މުސާރަ:

މަހަކު 9,124/50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,910/50 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް

މަސައްކަތް ކުރަން ޖެހޭތަން:

ކ.ވިލިނގިލި

ގްރޭޑް:

6

ސްޕައިން ޕޮއިންޓް:

32

މަޤާމުގެ ޝަރުޠު:

  • އެމް.ކިޔޫ.އޭ ލެވެލް 7/8ގެ ސެޓުފިކެޓަކަށްފަހު 2 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  • އެމް.ކިޔޫ.އޭ ލެވެލް 5/6 ގެ ސެޓުފިކެޓަކަށްފަހު 5 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

  • ސެންޓަރުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔުމުގެ ކަންތައް ބަލަހައްޓައި، ޗެކްކޮށް، ފައިލްކުރުވުން.
  • އައި.އެސް.އޯ ކުއަލިޓީ މެނޭޖްމަންޓް ސިސްޓަމަށް ސެންޓަރ ހިންގުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން.
  • ސެންޓަރަށް ހޯދަން ބޭނުންވާ ތަކެތި ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް ކުރުވައި/ކުރުން.
  • ކޮންމެ އަހަރެއްގެވެސް ބަޖެޓުގައި ހިމަނަންޖެހޭ އައިޓަމްތައް ކަނޑައަޅައި، ކުރިޔަށް އޮންނަ އަހަރުގެ ބަޖެޓް ތައްޔާރުކޮށް، ކަނޑައެޅިފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
  • އިދާރީ މުވައްޒަފުންނާއި ލައިބްރަރީ މުވައްޒަފުންގެ މަސައްކަތް ސުވަޕައިޒްކޮށް ބެލެހެއްޓުން.
  • ސްޓޮކް ބާކީފޮތް 3 މަހުން އެއްފަހަރު ޗެކްކޮށް ބަލައި، ސްޓޮކް ބާކީ ކުރެވިފައިވަނީ ރަނގަޅަށްތޯ 6 މަހުން އެއްފަހަރު ބަލައި، ސްޓޮކް ގުނައި ޗެކްކުރުން.
  • ސެންޓަރުގެ އިންވެންޓްރީ ގަވާއިދުން ބެލެހެއްޓުމުގެ ކަންތައް އިންތިޒާމުކޮށް ޗެކްކޮށް، އިންވެންޓްރީއާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.
  • ސެންޓަރުގެ ވެރިޔާ ނެތް ހިނދެއްގައި ޔުނިވަރސިޓީން ކަނޑައަޅާ ގޮތެއްގެމަތިން ސެންޓަރ ހިންގުން ހަވާލުކޮށްފިނަމަ، ސެންޓަރ ހިންގުމުގެ ޒިންމާ ހަވާލުކުރުން.
  • އަހަރީ ރިޕޯޓް ތައްޔާރުކޮށް، މުއްދަތަށް ޔުނިވަރސިޓީއަށް ހުށަހެޅުން.
  • ސެންޓަރުގެ ޓްރެއިނިންގ ހިންގުމަށާއި، އިދާރީ ހިންގުމުގެ ޚަރަދު ކޮންޓްރޯލްކުރުމަށް ވެރިޔާގެ އިރުޝާދާއެކު މަސައްކަތްކުރުން.
  • މުވައްޒަފުންގެ ތެރޭގައި މަސައްކަތުގެ ރޫޙު އާލާކޮށް، އެންމެންގެ އެއްބާރުލުމާއެކު މަސައްކަތްކުރާނެ މާހައުލެއް ޤާއިމްކުރުން.
  • ސެންޓަރުން ދެވޭ ޚިދުމަތްތައް ހަލުވިކުރުމަށާއި، ފެންވަރު ރަނގަޅުކުރުމަށް، އެންމެ އިސްވެރިޔާގެ އިރުޝާދާއެކު އަޅަންޖެހޭ އިޞްލާޙީ ފިޔަވަޅުތައް އެޅުން.
  • މެނޭޖްމަންޓް ކޮމިޓީއާއި، އެކަޑަމިކް ރިވިއު ކޮމިޓީ ފަދަ ކޮމެޓީތަކުގައި ބައިވެރިވުމާއި، ސްޓާފް މީޓިންގތަކުގައި ބައިވެރިވުމާއި، އިސްވެރިޔާ ހާޒިރު ނުވެވިއްޖެނަމަ، ޖަލްސާތައް ޗެއަރކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

 

 

 

 

 

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުންނާއި ތިރީގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ލިބެން ހުންނާނެއެވެ)

 http://mnu.edu.mv/wp-content/uploads/2016/10/Job-Application.pdf

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓްފިކެޓެއް ނަމަ، އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާމަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެވަޒީފާއަކަށްކުރިމަތިލާނަމަ ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީރެޖިސްޓްރާރއޮފީހުގެ ލިޔުމެކެވެ. 

 

އެޕްލިކޭޝަން ހުށަހަޅަންޖެހޭ ތާރީޚު: 

2017 މޭ 07 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައ، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345409 ނަންބަރު ފޯނާއެވެ.

 

30 އޭޕްރިލް 2017
ހޯދާ