ފުވައްމުލަކު ދޫނޑިގަން ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދޫނޑިގަން ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމާއި ބެހޭ

      ކޮންޓްރެކްޓް އުޞޫލުން ދޫނޑިގަން ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު IUL)445-MS/445/2017/9) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބު ލިބިފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

      ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 މެއި 2017 ވާ ބުރާސްފަތި ދުވަހު 09:30 އަށް މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 މެއި 2017 ވާ އާދީއްތަ ދުވަހުގެ 09:30 އަށް އެސްޓިމޭޓް ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށައެޅުއްވުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި އެސްޓިމޭޓް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައަކަށްލާ އެފަރާތެއްގެ ނަން ޖަހާފައެވެ.

 

އެސްޓިމޭޓް ހުށައަޅުއްވާ ފަރާތްތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވަނީ ތިރީގައި ދަންނަވާފައިވާ ގޮތަށެވެ.

1-     އަގު: 80 ޕޮއިންޓް

މިބަޔަށް ޕޮއިންޓް ދެވޭނީ އެކަށީގެންވާ ކުޑަ އަގު ހުށައަޅާ ފަރާތްތަކަށް ގިނަ ޕޮއިންޓް ދޭ އުޞޫލުންނެވެ.

2-     އެސްޓިމޭޓް: 10 ޕޮއިންޓް

މިބަޔަށް ޕޮއިންޓް ދެވޭނީ ދިވެހިންނަށް ވަޒީފާ ދިނުމާއި، އިދާރާގެ ސާފުތާހިރުކަމާއި ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކުރާނެ ފެންވަރު އެސްޓިމޭޓްގައި ހިމަނާފައިވާ މިންވަރަށް ބަލައިގެންނެވެ. އަދި އިޖްތިމާޢީގޮތުން ދޫނޑިގަމަށް ކޮށްދޭނެ ކަންތައްތައް އެސްޓިމޭޓްގައި ހިމަނާފައިވާ މިންވަރަށް ބަލައިގެންނެވެ.

3-     އިތުބާރު: 10 ޕޮއިންޓް

މިބަޔަށް ޕޮއިންޓް ދެވޭނީ ކުރިން ކޮށްފައިވާ މިފަދަ މަސައްކަތުގެ ލިޔުންތައް ހުށައަޅާފައިވާނަމަ އެފަދަ ލިޔުންތަކާއި ކުރިން ކޮށްފައިވާ މަސައްކަތްތަކަށް ބަލައިގެންނެވެ.

 

                       28 رجب 1438

25 އޭޕްރިލް 2017
ހޯދާ