މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ގެޓްސެޓް ޕްރޮގްރާމް 2017ގެ ޕްރޮޕޯސަލް ސަބްމިޓް ކުރުމުގެ ޑެޑްލައިން އިތުރުކުރުން

 

ނަމްބަރ: (IUL)101-EP/1/2017/99

އިޢުލާން

ގެޓްސެޓް ޕްރޮގްރާމް 2017ގެ ޕްރޮޕޯސަލް ސަބްމިޓް ކުރުމުގެ ޑެޑްލައިން އިތުރުކުރުން

މި މިނިސްޓްރީގެ އިއުލާން ނަމްބަރ: (IUL)101-EP/1/2017/70 (29 މާރޗް 2017) އާއި ހަވާލާދީ ދަންނަވަމެވެ. އެ އިއުލާނުގައި ގެޓްސެޓް 2017ގެ ޕްރޮގްރާމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 16 އޭޕްރިލް 2017 އިން 27 އޭޕްރީލް 2017ގެ ނިޔަލަށެވެ.

ނަމަވެސް، ވަގުތު ހަމަވީއިރުވެސް ގިނަ އަދަދެއްގެ ޒުވާނުން ގެޓްސެޓް ޕްރޮގްރާމަށް ކުރިމަތިލުމަށް ބޭނުންވާތީ، ވީހާވެސް ގިނަ ފަރާތްތަކަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ގެޓްސެޓް 2017ގެ ޕްރޮޕޯސަލް ލުމުގެ ފުރުސަތު 18 މޭ 2017ގެ ނިޔަލަށް އިތުރު ކުރިވާހަކަ ދެންނެވީމެވެ. މިގޮތުން ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބަންދު ނޫންކޮންމެ ދުވަހެއްގެ ހެނދުނު 10:00 އއިން 2:00 އަށް ތިރީގައިވާ ތަންނަނުންނެވެ.

ގެޓްސެޓް ޕްރޮޕޯސަލް ބަލައިގަތުމަށް ހަމަޖެހިފައިވާ ތަންތަން:

  1. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވްލޮޕްމަންޓް (ބޮޑުތަކުރުފާނު މަގު، ގްރައުން ފްލޯއިން)
  2. ހދ. ކުޅުދުއްފުށި ބިޒްނަސް ސެންޓަރ
  3. ޅ. ނައިފަރު ބިޒްނަސް ސެންޓަރ
  4. ދ. ކުޑަހުވަދޫ ބިޒްނަސް ސެންޓަރ
  5. ލ. ފޮނަދޫ ބިޒްނަސް ސެންޓަރ
  6. ގދ. ތިނަދޫ ބިޒްނަސް ސެންޓަރ
  7. ސ. ހިތަދޫ ބިޒްނަސް ސެންޓަރ

މި މުއްދަތުގައި ޕްރޮޕޯސަލް އީމެއިލްގެ ޒަރިއްޔާއިންވެސް ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. އީމެއިލް އިން ފޮނުވާނީ: [email protected] އަށެވެ.

އަދި ދަންނަވަމެވެ. މިހާތަނަށް ގެޓްސެޓް 2017ގެ ލޯނު ޕްރޮގްރާމަށް ޕްރޮޕޯސަލް ހުށަހެޅުއްވި ފަރާތްތަކުން އަލުން ޕްރޮޕޯސަލް ހުށަހަޅަން ނުޖެހޭނެވާހަކަ ދެންނެވީމެވެ. 

27 އޭޕްރިލް 2017
ހޯދާ