ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ނ.މާޅެންދޫގައި އަލަށް ޢިމާރާތްކުރާ އިންޖީނުގެއާ ގުޅޭ:

ނަންބަރ:FNK-K(T)/FNK/IUL/2017/062

 

އިޢުލާން

ނ.މާޅެންދޫގައި އަލަށް ޢިމާރާތްކުރާ އިންޖީނުގެއާ ގުޅޭ:

 

      މިކުންފުނީގެ ނ.މާޅެންދޫ އިންޖީނުގެ މިހާރުހުރިތަން ނޫން އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށްޓަކައި، ކުންފުނިންދޭ ކުރެހުމާއި، ބީއޯކިޔުއާ އެއްގޮތަށް އަމިއްލަ ތަކެތީގައި، އެމަސައްކަތް އެރަށުގައި ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 މެއި 03 ވާ ބުދަ ދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ނ.މާޅެންދޫ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 މެއި 10 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ނ.މާޅެންދޫ ބްރާންޗަށެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި ބިޑްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.   

 

                                01 ސަޢުބާން 1438

                               27  އެޕްރީލް 2017 

27 އޭޕްރިލް 2017
ހޯދާ