މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-270893

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ޑިޕާޓްމަންޓް / ސެކްޝަން:

ކޯޕަރޭޓް މެނޭޖްމަންޓް ޑިޕާޓްމަންޓް

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ)

މުސާރަ:

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

އަސާސީ މުސާރައިގެ %35 (މަހަކު)

އިތުރު ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ކޯޕަރޭޓް މެނޭޖްމަންޓް ޑިޕާޓްމަންޓަށް އަންނަ ލިޔެކިއުންތައް ދުވަހުން ދުވަހަށް ރޫޓްކުރުމުގެ މަސައްކަތް ކުރުން.

2. ޑިޕާޓްމަންޓުގެ އިސްވެރިޔާއާ ބައްދަލުކުރަން އަންނަ މީހުންގެ އެޕޮއިންޓްމަންޓުތައް ނޯޓްކޮށް ހަމަޖެއްސުން އަދި އެޕޮއިންޓްމަންޓަށް ވަޑައިގަންނަވާ ބޭފުޅުންގެ މަޢުލޫމާތު ކައުންޓަރުގައި ތިބޭ މުވައްޒަފުންނަށް ދިނުމާއެކު، އެބޭފުޅުން ރިސީވް ކުރުން.

3. ކޮންމެ ދުވަހަކުވެސް ޑިޕާޓްމަންޓުގެ އިސްވެރިޔާގެ ދުވަހު ޝެޑިއުލް އަޕްޑޭޓްކޮށް ޖެހިގެން އަންނަ ދުވަހުގެ އެޕޮއިންޓްމަންޓްތައް ފެންނާނެހެން ބެހެއްޓުމުގެ އިތުރުން ޝެޑިއުލްގައިވާ ކަންކަން ކުރިއަށް ދޭތޯ ބެލުން. 

4. ޑިޕާޓްމަންޓްއިން ބާއްވާ މީޓިންގތަކާއި، އޮފީހުން ބޭރުގައި ޑިޕާޓްމަންޓް އިސްވެރިޔާ ބައިވެރިވާ ޖަލްސާތަކާއި ބެހޭ މަޢުލޫމާތުތައް ލަސްވެގެން އެބައްދަލުވުމެއް ފެށުމުގެ 1 ގަޑިއިރު ކުރިން އިސްވެރިޔާއަށް ދަންނަވައި، ހަނދުމަފުޅުކޮށް އެރުވުން.

5. ޑިޕާޓްމަންޓްއިން އޮފީހުގައި ބާއްވާ މީޓިންގ ތަކަށްވަނުމާއި ޔައުމިއްޔާ ލިޔެ ފައިލްކޮށް ބެލެހެއްޓުން.

6. ފޯން ކޯލްތަކަށް ޖަވާބު ދިނުމާއެކު، އެ މަޢުލޫމާތު ޑިޕާޓްމަންޓް އިސްވެރިޔާއަށް އެރުވުން.

7. ޑިޕާޓްމަންޓް އިސްވެރިޔާ ބައިވެރިވެ ވަޑައިގަންނަވާ ދަތުރުތަކުގެ އެންމެހާ އިންތިޒާމް ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން ހަމަޖެއްސުމާއި، ދަތުރު ނިންމަވާލެއްވުމަށްފަހު، މާލެ ވަޑައިގަތުމުގެ އިންތިޒާމް ކަމާއިބެހޭ ފަރާތްތަކާއި ގުޅައިގެން ހަމަޖެއްސުން.

8. ޑިޕާޓްމަންޓްގެ އިސްވެރިޔާ ބައިވެރިވެ ވަޑައިގަންނަވާ ރަސްމީ ދަތުރުތަކުގެ ރިޕޯޓް، ދަތުރު ނިންމަވާ ވަޑައިގަތުމުން، އިންސިޑެންޓަލް ޚަރަދުގެ ތަފްޞީލް ހިމެނޭގޮތަށް ތައްޔާރުކޮށް ޙަވާލުކުރުމާއެކު ފައިލްކޮށް ބެލެހެއްޓުން.

9. ޑިޕާޓްމަންޓުގެ ސެކްޝަންތަކަށް އަންނަ ސިޓީތަކުގެ ސްޓޭޓަސް ޗެކްކޮށް ޖަވާބުދެވޭކަން ކަށަވަރުކުރުން.

10. ސެކްޝަންތަކުން ޑިޕާޓްމަންޓް އިސްވެރިޔާ ސޮއިކުރުމަށް ގެންދެވޭ ލިޔުންތައް ދުވަހުން ދުވަހަށް ސޮއިކުރުވުމާއެކު ކަމާއިބެހޭ ސެކްޝަންތަކަށް ލަސްނުކޮށް ޙަވާލުކުރުން.

11. މަސައްކަތުގެ ދާއިރާއިން ޑިޕާޓްމަންޓުގެ އިސްވެރިޔާ ނުވަތަ ޕަރމަނަންޓް ސެކްރެޓަރީ އަންގަވާ ކަންކަމުގައި ފުރިހަމައަށް އެއްބާރުލުންދީ، މިނިސްޓްރީގެ ލަނޑުދަނޑިތައް ޙާސިލް ކުރުމަށް މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

3. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް /  އިންފޮރމޭޝަން ޓެކްނޮލޮޖީ / ޕްރޮކިއުމަންޓް / ފައިނޭންސް ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ތަޢުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަވިއު.

4. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިފައިވާ މިންވަރު.

5. ވިސްނުންތޫނުކަމާއި ޕްރެޝަރގައި މަސައްކަތް ކުރުމުގެ ހުނަރު ހުރުން.

6. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު.

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ).

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ www.housing.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 މޭ 8 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގެ ކައުންޓަރަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2017 މޭ މަހުގެ ތާރީޚެއްގައި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 (ދިހައެއް) އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

30% (ތިރީސް އިންސައްތަ)

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3004340 ނަންބަރު ފޯނަށް ނުވަތަ 3004193 ނަންބަރު ފޯނާއެވެ.

1 ޝަޢުބާން 1438

27 އެޕްރީލް 2017

27 އޭޕްރިލް 2017
ހޯދާ