މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު

ނަންބަރ 2/IUL)30-A4/1/2017)

ތާރީޚް: 05 ޖެނުއަރީ 2017

[މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް]

 

ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހިންގޭ [މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް] އަކީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސިސްޓެންސް (އައި.ޑީ.އޭ)ގެ ހިލޭ އެހީގެ ދަށުން މަސްވެރިކަމުގެ ޞިނާއަތް ތަރައްޤިކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރަމަށް ގާއިމު ކުރެވޭ ޕްރޮޖްކެޓް މެނޭޖްމަންޓް ޔުނިޓަށް ތިރީގައި ދަންނަވާ މަޤާމްތަކަށް ޝައުގެވެރިވާފަރާތްތައް [ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު] މިމިނިސްޓްރީއިން ހުޅުވައިލަމެވެ.

1. ޕްރޮޖެކްޓް ޑިރެކްޓަރ

2. ފައިނޭންސް މެނޭޖަރ

މަޤާމް:            ޕްރޮޖެކްޓް ޑިރެކްޓަރ                                            ބޭނުންވާ ޢަދަދު 1

މުސާރަ

މަހަކު 46200  ރުފިޔާ

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

މަސައްކަތްކުރަންޖެހޭތަން

މިނިސްޓްރީ ، ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓް، މާލެ އަދި ޕްރޮޖްކްޓްގެ މަސައްކަތްތައް ހިންގޭ ރަށްތަކުގައި

މަޤާމްގެ ޝަރުޠުތައް

 

  1. މަސްވެރިކަމާއިގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު މަސްވެރިކަމުގެ ދާއިރާގައި މަދުވެގެން 15އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި  ޕްރޮޖެކްޓް މެނޭޖްމެންޓް ސުޕަވައިޒަރީ ރޯލެއް އަދާކުރުމުގައި މަދުވެގެން 5 އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު ގުޅުންހުރި ދާއިރާއަކުން ޕްރޮޖެކްޓް މެނޭޖްމަންޓްގެ މަސައްކަތުގައި 12އަހަރުގެ ތަޖުރިބާ ލިބިފައިވުން. އަދި  ޕްރޮޖެކްޓް މެނޭޖްމެންޓް ސުޕަވައިޒަރީ ރޯލެއް އަދާކުރުމުގައި މަދުވެގެން 5 އަހަރުގެ ތަޖުރިބާ ލިބިފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މި މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލު (ޓަރމްސް އޮފް ރެފެރެންސް) ހޯއްދެވުމަށް މި މިނިސްޓްރީގެ ނަމްބަރު 3339286، އަދި 3339244 ފޯނަށް ގުޅުއްވުން އެދެން. ނުވަތަ [email protected] އީމެއިލް ފޮނުއްވުނެ އެދެން. އަދި ތިރީގައިވާ ލިންކުންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

http://www.fishagri.gov.mv/downloads/ann/sfrdp-anc-p157801%20-%2001-39jqsqw4fj.pdf

މިމަޤާމްއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މި މަޤާމްއަށް ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ޓާރމްސް އޮފް ރިފެރެންސްގައި ހިމެނިފައިވާނެއެވެ.

 

މަސައްކަތުގެ މުއްދަތު

މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ފުރަތަމަ ސޮއި ކުރެވޭނީ 36 މަސް ދުވަހުގެ ފުލްޓައިމް ކޮންޓްރެކްޓެއްގައެވެ.

މަޤާމް:

ފައިނޭންސް މެނޭޖަރ                                       ބޭނުންވާ ޢަދަދު: 1

މުސާރަ:

30000 – 35000 ރުފިޔާ

މަސައްކަތްކުރަންޖެހޭތަން

މިނިސްޓްރީ ، ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓް، މާލެ އަދި ޕްރޮޖްކްޓްގެ މަސައްކަތްތައް ހިންގޭ ރަށްތަކުގައި

މަޤާމްގެ ޝަރުޠުތައް

 

  1. އޭ.ސީ.ސީ.އޭ ނަވަތަ ސީ.ޕީ.އޭ ޙާޞިލްކޮށްފައިވުމާއެކު ސަރުކާރުގެ ނުވަތަ ސަރުކާރު ޙިއްޞާވާ ކުންފުންޏެއްގެ ފައިނޭންޝަލް މެނޭޖްމަންޓް ދާއިރާގެ އިސްމަޤާމެއްގައި 5 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމާއި އެކައުންޓްސްތައް ތައްޔާރު ކުރުމާއި، ފައިނޭންސް މެނޭޖްކުރުމާއި އަދި ވިޔަފާރީގެ ދާއިރާގެ އިންފޮމޭޝަން ސިސްޓަމް މެނޭޖްކުރުމުގެ މައްސަކަތުގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މި މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލު (ޓަރމްސް އޮފް ރެފެރެންސް) ހޯއްދެވުމަށް މި މިނިސްޓްރީގެ ނަމްބަރު 3339286، އަދި 3339244 ފޯނަށް ގުޅުއްވުން އެދެން. ނުވަތަ [email protected] އީމެއިލް ފޮނުއްވުނެ އެދެން. އަދި ތިރީގައިވާ ލިންކުންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

http://www.fishagri.gov.mv/downloads/ann/sfrdp-anc-p157801%20-%2001-qhg8l2tdml.pdf

  

މިމަޤާމްއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މި މަޤާމްއަށް ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ޓާރމްސް އޮފް ރިފެރެންސްގައި ހިމެނިފައިވާނެއެވެ.

 

މަސައްކަތުގެ މުއްދަތު

މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ފުރަތަމަ ސޮއި ކުރެވޭނީ 36 މަސް ދުވަހުގެ ފުލްޓައިމް ކޮންޓްރެކްޓެއްގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރއްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ

ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2017 މެއި 8 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ވަޒީފާއަށްއެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢްލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3339244 ފޯނާއި ގުޅުއްވުން އެދެމެވެ.

     

 

26 އޭޕްރިލް 2017
ހޯދާ