މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

                     ޢިއުލާން

 

   މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޒުކުރެވެމުންދާ "ސްޓްރެންތުނިންގ ދަ ލައިވްލިހުޑް އޮފް ހޯމްބޭސްޑް ވޯރކާސް އިންދަ ސާރކް ރީޖަން އިނީޝިއޭޓިވް (SABAH Project) އަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް 1: ކޯޑިނޭޓަރ- ކެޕޭސިޓީ ބިލްޑިންގ އެންޑް މެމްބަރޝިޕް ޑިވެލޮޕްމެންޓް

އަދަދު: 01

ފެންވަރު ނުވަތަ ޝަރުތު:

  • ސޯޝަލް ސައިންސް، ޖެންޑަރ ސްޓަޑީސް އަދި އިކޮނޮމިކްސް ނުވަތަ ގުޅޭދާއިރާއަކުން ޑިޕްލޮމާއެށް ހާސިލް ކޮށްފައިވުން.
  • ސޯޝަލް ސައިންސް، ޖެންޑަރ ސްޓަޑީސް އަދި އިކޮނޮމިކްސް ނުވަތަ ގުޅުންހުރި ޖަމްޢިއްޔާ ޖަމާޢަތެއްގައި މެންބަރުން ތަމްރީނު ކުރުމުގެ މަސައްކަތް ނުވަތަ ބޭރުގެ ޖަމްޢިއްޔާތަކާއި ގުޅިގެން މެންބަރުން ކުރިއެރުވުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަސައްކަތުގައި މަގުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.
  • ކޮމްޕިއުޓަރު ބޭނުންކުރަން އެނގުމާއި އަދި އޮފީސް ސޮފްޓްވެއަރ ޕެކޭޖް ބޭނުންކުރަން އެނގުން.
  • އިނގިރޭސި ބަހުންނާއި ދިވެހިބަހުން ފަރިތަކަމާއިއެކު މުޢާމަލާތްކުރަން އެނގުން.

 

 

މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު

މަސައްކަތް ކުރަންޖެހޭ ގަޑި: ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 8:00ން މެންދުރުފަހު2:00 އަށް

މުސާރަ: 9,000 ދިވެހި ރުފިޔާއިން ލިބޭނެއެވެ.

ވަޒީފާގެ މުއްދަތު: 1 އަހަރު

މަތީގައި އިއުލާންކުރެވިފައިވާ ވަޒީފާތަކުގެ އިތުރު ތަފްސީލް، މަސްއޫލިއްޔަތު އަދި ތަފްސީލް ޓާރމްސް އޮފް ރެފަރެންސް މި މިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ޑައުންލޯޑުކުރެވޭނެއެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައި ގަންނަވާނެއެވެ.

ވަޒިފާއަށް ކުރިމަތިލުމުގެ ސުންގަޑި: ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރިޚަކީ 04 މެއި 2017ވާ ބުރަސްފަތި ދުވަހުގެ 14:00ގެ ކުރިންނެވެ. ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން، ސީ.ވީ.، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ ފޮނުވާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 08:00 – 14:00 ދެމެދު 7799388 އަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

26 އޭޕްރިލް 2017
ހޯދާ