އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިޓީ ބާޒާރުން ފިހާރަތައް ކުއްޔަށް ދޫކުރުން

އިޢުލާން

ސިޓީ ބާޒާރުން ފިހާރަތައް ކުއްޔަށް ދޫކުރުން

އައްޑޫސިޓީ ކައުންސިލާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން ހިތަދޫ އަވަށުގައި ގާއިމުކޮށްފައިވާ "ސިޓީ ބާޒާރު" ގެ ފިހާރަތަކުގެ ތެރެއިން ކުއްޔަށް ދޫކުރެވިފައިވާ ފިހާރަ ނަމްބަރ 6 އަދި ފިހާރަ ނަމްބަރ 7 އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ނުގެންދާތީ އެތަންތަން ލިބުނު ފަރާތްތަކުގެ ކިބައިން ވަކިކުރެވި އަލުން އެދެ ފިހާރަ ކުއްޔަށް ދިނުމަށް ވަނީ ނިންމަވާފައެވެ.

އެކި ބާވަތުގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ކުއްޔަށްދިނުމަށް ނިންމާފައިވާ މި ފިހާރަތަކަށް ޝައުޤުވެރިވާ ފަރާތްތަކުން ސިޓީ ބާޒާރުގެ ފިހާރަތައް ކުއްޔަށް ހޯދުމަށްއެދޭ ފޯމް ފުރިހަމަކުރުމަށްފަހު އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ސެޓް ގަންނަން ލިބޭނީ އައްޑޫސިޓީ ކައުންސިލްގެ އިދާރާއިންނެވެ. ފޯމު ސެޓެއްގެ އަގަކީ،  150/- ރުފިޔާ އެވެ.  ފޯމާއި ޕްރޮޕޯސަލް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެއި 8 ވާ ހޯމަ ދުވަހުގެ 13:00 ގައި އައްޑޫސިޓީ ކައުންސިލް އިދާރާގެ ހޯލްގައެވެ.

28 ރަޖަބް 1438

25 އޭޕްރިލް 2017
ހޯދާ