ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
ސުޕޯރޓުސް ސުޕަވައިޒަރުގެ މަޤާމަށް މީހަކު ހޯދުން

ވަޒީފާގެފުރުޞަތު:

މަޤާމު: އެސިސްޓެންޓް ސްޕޯޓްސް ސުޕަވައިޒަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަސައްކަތްކުރަން ހަމަޖެހިފައިވާ ތަން: ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް

 މަސައްކަތްކުރަން ހަމަޖެހިފައިވާ ރަށް: ލ. ގަން

މަސައްކަތްކުރަން ހަމަޖެހިފައިވާ ސެކްޝަން: އެކަޑަމިކް

މަޤާމުގެ ބާވަތް: ވޭޖް އެމްޕްލޮއިމެންޓް

މަޤާމުގެ ޝަރުޠު:

މަޤާމު

ރޭންކް

ކުލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

އެސިސްޓެންޓް ސްޕޯޓްސް ސްޕަވައިޒަރ

GS1

އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

 

 1- މަގާމުގެ މަސައްކަތާއިގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

2- ޘާނަވީ ތަޢުލީމު ފުރިހަމަ ކޮށްފައިވުން

 

3565.00ރ

1500.00ރ

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު

  1. ސްކޫލުގެ ދަރިވަރުންނަށް ހިންގޭ އެކްސްޓްރާ ކޯކަރިކިއުލަރ ހަރަކާތްތަކުގެ ތެރެއިން، ކުޅިވަރުގެ ހަރަކާތްތައް ރާވައި ހިންގުން.
  2. ސުކޫލް ކެޑޭޓް ހަރަކާތް ރާވާ ހިންގުން.
  1. ދަރިވަރުންގެ ސުލޫކީ މިންގަނޑު ހިފެހެއްޓުމާއި، ދަރިވަރުންނަށް ޖިސްމާނީގޮތުންނާއި، ނަފްސާނީގޮތުންނާއި އަޚުލާޤީގޮތުން ރިވެތި ބަޔަކަށް ދަރިވަރުން ހެދުމަށް މަސައްކަތް ކުރުން.
  2. ދަރިވަރުންނަށް ނެގޭ ޕީ.އީ އެކްޓިވިޓީސް ކުރިއަށްގެންދިއުމާއި، ޕީ.އީ ގަޑިތަކުގައި ޓީޗަރުންނަށް އެހީތެރިވެދިނުމާއި، ޕީ.އީ ޓީޗަރ ނެތް ޙާލަތެއްގައި ހަވާލުކުރެވޭ ޕީ.އީ ގަޑިތައް ނެގުން.
  3. ސްކޫލުގައި ބޭއްވޭ އިންޓަރހައުސް ކުޅިވަރު މުބާރާތްތައް، ސްޕޯޓްސް އިންޗާރޖާއި ގުޅިގެން އިންތިޒާމުކުރުމާއި، އެހެނިހެން ކުޅިވަރު މުބާރާތްތައް އިންތިޒާމުކޮށް ހިންގުމުގައި، އެކަމަކާ ހަވާލުވެހުންނަ ފަރާތަކުން ބޭނުންވާ އެހީތެރިކަން ދިނުން.
  4. ކުޅިވަރު ހަރަކާތްތަކަށާއި، ޕީ.އީ އަށް ހޯދާފައިވާ ތަކެތި ބެލެހެއްޓުމާއި، ހޯދަން ބޭނުންވާ ތަކެތި، ބަޖެޓު ސެކްޝަނާ ވާހަކަދައްކައިގެން ހޯދުން.
  5. ސްކޫލުގައި ބޭއްވޭ ކުޅިވަރު މުބާރާތްތަކުގެ ހުރިހާ ރިކޯޑެއް ބެލެހެއްޓުން.
  6. ސްޓާފުންގެ މެދުގައި ބާއްވާ އެކިއެކި ކުޅިވަރު ހަރަކާތްތައް ހިންގުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  7. އިންޓަރސްކޫލް ކުޅިވަރު މުބާރާތްތަކަށް ސްކޫލް ޓީމުތައް ތައްޔާރުކުރުން.
  8. އިންޓަރހައުސް / ކްލަބް ކުޅިވަރު މުބާރާތްތަކަށް ދަރިވަރުން ފަރިތަކުރުމުގެ އިންތިޒާމުތައް ރާވައި ހިންގުން.

 

އުޖޫރައާއި ޢިނާޔަތްތައް:

  - އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ ޢުސޫލުން އިތުރުގަޑީގެ  ފައިސާ ދެވޭނެއެވެ.

މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މެރިޓް ޢުސޫލުން އެންމެ މަތީ މާކުހެއް ލިބޭ ފަރާތެއް.
  2. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.
  3. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  4. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމުގެ ސިފަތައް.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

-          ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު

-          މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

-          މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް               

އިންޓަރވިއު ކުރުން

ހ. މިމަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 07 ދުވަހުގެ ތެރޭގައި އިންޓަރވިއު ބާއްވާނެ ތާރީޚާއި ވަގުތެއް އެންގޭނެއެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.                                                

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ހަމަދު ސްކޫލް އޮފީހުންނާއި ސިވިސް ސަރވިސް (www.csc.gov.mv)ވެބްސައިޓްއިން ލިބިވަޑައިގަންނަވާނެއެވެ.

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

-       ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލްގެ އޮފީހަށެވެ.

-      ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 03 މެއި 2017 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިންނެވެ.

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލްގެ ނަންބަރު 6800012 ފޯނަށް ގުޅުއްވުން އެދެމެވެ.

25 އޭޕްރީލް 2017

 

25 އޭޕްރިލް 2017
ހޯދާ