މޯލްޑިވްސް ސެންޓަރ ފޮރ އިސްލަމިކް ފައިނޭންސް ލިމިޓެޑް
ދިވެހިރާއްޖެ
އޮފީސް އެސިސްޓަންޓް

އިޢުލާން ނަންބަރ: (IUL)MCIF/1/2017/06)

މި ކުންފުނީގެ އޮފީސް އެސިސްޓަންޓް މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

މަޤާމް        : އޮފީސް އެސިސްޓަންޓް

ބޭނުންވާ އަދަދު  : 1 (އެކެއް)

މަޤާމުގެ މަސްޢޫލިއްޔަތުތައް:

  1. މި ކުންފުނިން ހަވާލުކުރާ އިންވޮއިސް، ސިޓީ، ޑޮކިއުމަންޓްސް ފަދަ ތަކެތި ބެހުމަށް ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކަށް އަދި ބޭންކްތަކަށް ދިއުމާއި، އޮފީހަށް ގެންނަންޖެހޭ ތަކެތި ގެނައުން.
  2. އޮފީސް އިމާރާތާއި، ފަރުނީޗަރާއި، ހިފައިގެންގުޅޭ ތަކެތި ސާފުކޮށް ބެހެއްޓުން؛
  3. އޮފީހުގެ މަރާމާތްތަކުގެ މަސައްކަތުގައި އެހީތެރިވުން.
  4. އޮފީސް ހުޅުވާ ލެއްޕުމުގެ މަސައްކަތް ކޮށްދިނުން؛
  5. އޮފީހަށް ބޭނުންވާ ތަކެތި ގަތުމުގެ މަސައްކަތުގައި އެހީތެރިވުން.
  6. އޮފީހުގެ ބޭއްވޭ ބައްދަލުވުންތަކަށް މީޓިންގ ރޫމް ތައްޔާރުކުރުމާއި އަދި ރިފްރެޝްމަންޓްގެ ޚިދުމަތް ދިނުން.
  7. ކުންފުނިން އެވަގުތު ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން؛

މަޤާމުގެ ޝަރުތު:

  1. ގްރޭޑް 8 ފުރިހަމަކޮށްފައިވުމާއި އެކު މަދުވެގެން 02 އަހަރުގެ މަސައްކަތުގެ ތަޖުރީބާ ލިބިފައިވުން؛
  2. ލިޔަން ކިޔަން ދަންނަ ފަރާތަކަށްވުން؛
  3. މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގި އަދި ގަޑިއަށާއި ހާޒިރީއަށް ފަރުވާބަހައްޓާ މީހަކަށް ވުން؛
  4. ސައިކަލް ލައިސަންސް ލިބިފައިވާ ފަރާތަކަށްވުން؛

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މިކުންފުނީގެ ވެބްސައިޓް: www.mcif.mv އިން ލިބެން ހުންނާނެއެވެ.)
  2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  3. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ .

  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

 

އެޕްލިކޭޝަން ފޯމް ހުށަހަޅަންޖެހޭ ތާރީޚު:

04 މެއި 2017 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ހަށަހަޅަން އެދެމެވެ. 

ކުންފުނީގެ އެޑްރެސް:

މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިން ފައިނޭންސް ލިމިޓެޑް

މޫކާއި ސޫޓްސް (މ. ސަކައިމޫ)،ތިންވަނަ ފަންގިފިލާ، ހަވީރީ ހިންގުން

މާލެ، ދިވެހިރާއްޖެ

ފޯން :3008300 960  |  ފެކްސް: 3008399 960

އީމެއިލް: [email protected]

ނޯޓް: މި މިޤާމަށް އިންޓަވިއުއަށް ކިޔޭނީ ހަމަ އެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

 29 ރަޖަބު 1438

25  އެޕްރީލް 2017

25 އޭޕްރިލް 2017
ހޯދާ